އަންނަ ހަފްތާގައި ވޮޝިންޓަންގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބާއްވަވާ ދެވަނަ އެފްރިކާ އެމެރިކާ ސަމިޓުގައި އެފްރިކާގެ 55 ސަރުކާރުގެ އިސްވެރިންގެ ތެރެއިން 49 ބޭފުޅުންނަށް ދައުވަތު ދެއްވައިފިއެވެ.

ޑިސެމްބަރު މަހުގެ 13 އިން 15 އަށް ބާއްވާ މި ސަމިޓަކީ އޭގެ ދެވަނަ އެޑިޝަން އެވެ. ފުރަތަމަ ސަމިޓް އިންތިޒާމުކޮށްފައި ވަނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޒަމާނުގައި 2014 ވަނަ އަހަރު އެވެ.

އެފްރިކާގައި ޗައިނާއާއި ރަޝިޔާގެ ނުފޫޒު އިތުރު ވަމުން ދިއުމާ ގުޅިގެން އެމެރިކާއިން ދަނީ އެފްރިކާގެ ގައުމުތަކާއެކު ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުނެވެ.