ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން ބުނީ މިހާރު ވަނީ އެމަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ. ސައިޓުގައި މިހާރު ކުރިއަށްދަނީ ގްރޮއިން އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް ވެސް އެކުންފުނީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 44.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.