ގައުމެއްގައި ނަސްލުތައް ނެތިކޮށްލުމުގެ އަމަލެއް ހިނގާނަމަ، އެކަން އިނގިރޭސިވިލާތުގެ ހައިކޯޓަށް ބެލިދާނެ ކަމަށް އިނގިރޭސި ޕާލަމެންޓުން ފާސްކޮށްފިއެވެ. މިއީ ބޭރުގައުމެއްގައި ހިނދާ މިފަދަ ކަމެއް އިނގިރޭސި ކޯޓަކުން ބެލުމުގެ ބާރުދިން ފުރަތަމަ ފަހަރެވެ.

ޗައިނާއިން އުއިގޫރު މުސްލިމުންގެ ނަސްލު ނައްތާލައި އެމީހުންގެ ސަގާފީ ޝަޚްސިއްޔަތު ނެތިކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އިނގިރޭސިވިލާތުން ދަނީ ޗައިނާ ޖަވާބުދާރީ ކުރުވުމަށް އިސްދައުރެއް އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

ޗައިނާއިން ޝިންޖިއާންގައި ޖެނޮސައިޑް ހިންގާ ކަމަށް ނިންމައިފި

އުއިގޫރު މުސްލިމުންނަށް އަނިޔާކުރުމުގެ މޭސްތިރި ހައްޔަރުކުރުމަށް ގޮވާލައިފި

އުއިގޫރު މީހުން މައްސަލާގައި ޕާކިސްތާނުން އެއްޗެއް ނުބުނަނީ ކީއްވެ ބާ؟

ޝިންޖިއާންގ: މުދިމުން ހައްޔަރުކުރުމުން ޖަމާއަތްތެރިންގެ ތަދުމަޑުކަމެއްގައި

ތުރުކީން އުއިގޫރު މުސްލިމުން ވިއްކާލީ ބާ؟

އިނގިރޭސި ޕާލަމެންޓުން ފާސްކޮށްފައިވާ ގޮތުން ނަސްލުތައް ނެތިކޮށްލުމުގެ އަމަލު ހިންގާ ކަމަށް ކޯޓުން ނިންމާ ގައުމަކާއެކު ވެފައިވާ ވިޔަފާރި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރުވެސް ގާނޫނުން ސަރުކާރަށް ލިބިދީފައި ވެއެވެ. އަދި ވިޔަފާރި އެއްބަސްވުމެއް އެކުލަވާލުމުގެ ކުރިން އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަން ކުރުމަށް ސަރުކާރަށް ބާރުއަޅާ ގޮތަށްވެސް ގާނޫނު ފާސްކޮށްފައި ވެއެވެ.

ގާނޫނުގެ މިނިންމުން ދިފާއު ކުރުމަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވަނީ ޝަރުއީ މަތީ ކޯޓަށް މި ބާރުތައް ދިނުމުން ނަސްލުތައް ނެތިކޮށްލުމުގެ އަމަލު ހުއްޓުވުމުގެ ބާރު ގައުމަށްވެސް ލިއްބައި ދެއެވެ.

ބައެއް މެމްބަރުން ވިދާޅުވެފައިވަނީ މި ގާނޫނު ފާސްކުރުމުން އިނގިރޭސިވިލާތުން ފަޚުރުވެރިވާން ޖެހޭނެ ކަމަށެވެ.

ޗައިނާއިން ދަނީ މުސްލިމުންގެ އެތައް މިލިއަން މީހުން ބަންދުކޮށްގެން ގޫލާގެއް ހިންގަމުން ކަމަށްވެސް މެމްބަރުން ސިފަ ކުރެއްވިއެވެ.

ސަރުކާރު ފަޅީގެ މެންބަރުން ވިދާޅުވެފައިވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރިއަކަށް ދިއުމުގެ ނިޔަތެއް ނެތް ކަމަށެވެ. ޗައިނާ ޔޫކޭ ވިޔަފާރިއަކީ 76 ބިލިއަން ޕައުންޑްގެ ވިޔަފާރިއެކެވެ. ޗައިނާއަކީ ޔޫކޭގެ ހަތަރު ވަނައަށް އެންމެ އިސް ވިޔަފާރި ބައިވެރިޔާއެވެ. އަދި ޔޫކޭގެ ހަ ވަނަ އެކްސްޕޯޓް މާރކެޓެވެ. އަދި ތިންވަނަ އިމްޕޯޓް މާރކެޓެވެ.