ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި ފާދިރީން ޖާސޫސް ކުރުމުގައި ހަރަކާތްތެރިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފިއެވެ. އެ ރިޕޯޓްގައި ބުނާ ގޮތުން ޔޫކްރޭންގެ އޯތޮޑޮކްސް ޗާޗުތައް ވަނީ އެގައުމުގެ ހަނގުރާމައިގައި ޖާސޫސު ކުރުމުގެ ވަސީލަތަކަށް ވެފައެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން ރަޝިޔާގެ އޯތޮޑޮކްސް ޗާޗުގެ ގޮފިތައް ޔުކްރެއިން ގައި ހަރަކާތްތެރި ވަނީ މޮސްކޯއަށް މައުލޫމާތު ފޯރުވައިދޭ ބައއްގެ ގޮތުގައެވެ. އަދި އެފައްޅިތަކުގެ ފާދިރީން ރަޝިޔާއިން ބުނާ ގޮތަށް ކަންކުރަމުންދާ ކަމަށާއި މިހާރު ޔުކްރެއިން އިން އެ ފައްޅިތަކުގެ ފާދިރީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަށް ބުނެފައި ވެއެވެ.

ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަކީ ނަސާރާ މީހެއް ނޫން ކަމަށް ކަނޑައެޅުމަށް ރަޝިޔާގެ ލިޔުންތެރިން ދަނީ އޯތޮޑޮކްސް ޗާޗަށް ގޮވާލަމުންނެވެ. ބައެއް ފާދިރީން ވަނީ ހަނގުރާމައިގެ މައިދާނަށް ދއާކޮށްދިނުމުގެ ނަމުގައި ގޮސް މީހުންގެ މައުލޫމާތު ހޯދައި އެމައުލޫމާތު ރަޝިޔާއަށް ފޯރުވައި ދީފައެވެ. އަދި ބައެއް ރަޝިޔާއަށް ތާއިދުނުކުރާ ފައްޅތަކުގެ ފާދިރީން މަރައިދިނުމަށް އެދި އެމީހުންގެ މައުލޫމާތު ރަޝިޔާއަށް ދިން ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.

ބައެއް ފައްޅި ތަކުގެ ފާދިރީންނާ ދެކޮޅަށް މިހާރު ޖާސޫސްކޮށްދިން ކަމުގެ ތުހުމަތތުގައި ޝަރީއަތް ކުރެވެމުންދާ ކަމަށްވެސް ވޮޝިންޓަން ޕޯސްޓްގައި ރިޕޯޓް ކޮށްފައި ވެއެވެ.

"ނިއުޔޯކް ޓައިމްސް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ޔޫކްރޭންގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރަޝިޔާގެ އޯތޮޑޮކްސް ޗާޗުގެ ޔޫކްރޭންގެ އެއް ގޮފިން 30 އަށް ވުރެ ގިނަ ފާދިރީން ހައްޔަރުކޮށްފަ އެވެ.