ތަރައްގީ ނަންމަތީގެ ރާއްޖޭގެ ގުދުރަތީ ވެށި ހަލާކު ކޮށްލަނީ

6

ސެފްޓެމްބަރު 23 ވަނަަ ދުވަހު ރައްޔިތުން ވޯޓު ދިނީ އަނިޔާވެރިކަމަށް ނޫނެކޭ ބުނެ އިންސާފު ގާއިމު ކުރުމަށް ކަމަށް އެއްބަޔަކު ބުނަމުންދާއިރު އަނެއް ބަޔަކު ބުނަމުންދަނީ، ދިވެހި ރައްޔިތުން ނޫނެކޭ އެބުނީ ކޮންކްރީޓު ތަރައްގީއަށް ކަމަށެވެ.

އުމްރާނީ އެތަކަށް ތަރައްގީއެއް ޗައިނާ ސަރުކާރަށް ދަރާ ވިކިގެން ކުރިއަށް ގެންގޮސްފިއެވެ. ޗައިނާ ސަރުކާރަށް ދިވެހި ދައުލަތު ވަނީ 3 ބިލއަން ޑޮލަރަށް ދަރައިފައެވެ. ބޭރު ގައުއު ތަކުން ބުނަމުންދަނީ، ޗައިނާ ކުދި ގައުމުތަށް އެގައުމުގެ އަޅަކަށް ލޯނު ދީގެން ހަދައިލާ ގޮތުގެ ފުރިހަމަ މިސާލެއް ރާއްޖެއިން ފެނިގެން ހިގައްޖެ ކަމަށެވެ. ރާއްޖޭގެ ބަޖަޓަށް ބަލާއިރު މިއީ ރާއްޖެ އުފުލަން ޖެހިފައިވާ ވޭންގަދަ ވޭނެކެވެ.

Advertisement

އެއާޕޯޓެއް އެޅުމަށްޓަކާ ކުޅުދުއްފުށީ މަށިކުޅި އެއްކޮށް ހަލާކު ކޮށްފިއެވެ. ސަރުކާރުން އެންމެ ފުރަތަމަ ބުނެފައިވަނީ، ކުޅުދުއްފުށީ ކުޅިން އެއާޕޯޓް އެޅުމަށްޓަކާ ހިއްކިގެންދާނީ ކުޅީގެެ 30 އިންސައްތަ ކަމަށެވެ. އޭގެ ފަހުން ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ބުނެފައިވަނީ، އެއާޕޯޓް އެޅުމަށް ކުޅީގެ 50 އިންސައްތަ ހިއްކިގެން ދާނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެއާޕޯޓް އެޅިގެން ދިޔައިރު ކުޅީގެ 70 އިންސައްތަަށް ހިއްކައި ބަކީ އޮތް 30 އިންސައްތަށް ވަނީ ހިއްކިބައިން ނެގި ކިސަޑު އެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެ ކުޅި އެއްކޮށް ނެތި ހިގައިދާނެ ކަމުގެ ބިރު ހިވާ ހިސާބުގައެވެ.

ކުޅި ހިއްކައިގެން އެއާޕޯޓް އަޅާކަން އިއުލާން ކުރުމުން، މިކަން ކުށްވެރިކޮށް ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ. މީ ހަމައެކަނީ ކުޅިި ހަލާކު ކުރުމަށްވެސް ނޫނެވެ. އާއިލާތަށް ބިކަވެގެެން ދިޔަ ކަމަކެވެ. ކުޅި ބޭނުން ކޮށްގެން ރޯނު އުފައްދާ އެ ރޯނު ވިއްކައިގެން ފައިސާ ހޯދި ފަރާތްތަކުގެ ފައިސާ ހޯދުމުގެ މަގުވެސް ބަންދު ކޮށްލުމެވެ. ރައީސް ޔާމީން މިކަމާ ގުޅުވައިގެން ވިދާޅުވެފައިވަނީ، ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ އުމުރު ދުވަހު ބޮބި ފާ ކޮށްގެން ފައިސާ ހޯދަންތޯ ބުނެ ސުވާލު ކުރައްވާފައެވެ. ނަމަވެސް ރޯނު ވަށައިގެން ފައިސާ ހޯދި ފަރާތްތަކަށް ފައިސާ ލިބޭނެ އެހެން ގޮތެއް ހަމަޖައްސާފައެއް ނުވެއެވެ. ކުޅީގެ ދިފާއުގައި ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުން ތެދުވުމުން، އެފަރާތްތަކަށް އެންމެ ބޮޑަށް ޖެއްސުން ކޮށްފައިވަނީީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދް ނިހާންއެވެ. އޭނާ ވިދާޅުވެފައިވަނީ، ކުޅީގެ ދިފާއުގައި އަޑު އުފުލަމުން ދަނީ ރޯނު އެދުރުން ތަކެއް ކަމަށެވެ.

ދެންވެސް އޮތީ އެއާ ޕޯޓެކެވެ. މިފަހަރު އެއާޕޯޓް އެޅުމަށް ލޯނު ނަގާފައިވަނީ އަމިއްލަ ވިޔަފާރިި ވެރިއްގެ އަތުންނެވެ. ލޯނު ދިންް ފަރާތުން ވިދާޅުވެފައިވަނީ، މިއީ އޭނާ ގައުމަށްޓަކާ ކޮށްދިން ކަމެއް ކަމަަށެެވެެ. އެބުނާ ރަށެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެެ. ގައުމަށްޓަކައެވެ. ގައުމަށުޓްކައި އަދި ކޮންކްރީޓްް ތަރައްގީ އައްޓަކައި މުޅިި އެރަށުގެ ގުދުރަތީ ވެށި ހަލާކު ކޮށްފިއެވެ. އެތަށް ގޮތަކުން އެރަށް ހިމާޔަތް ކުރަމުން ގެންދިޔަ ގަސްތަށް ބޮޑެތި ބިޔަަ ހައިމާކުތަށް ބޭނުން ކޮށްގެން މުލުން ލުހެލީއެވެ. މުޅިރަށް ހަނަފަސް ސަހަރާއަކަށް ހަދައިލިއެވެ. މިދައްކަނީ ނައިފަރުގައި އެއާޕޯޓެއް އެޅުމަށްޓަކާ އެރަށު ގުދުރަތީ ވެށި ގެއްލުވާލި ވާހަކައެވެ. ގަސްތަށް އުފުރާ މުޅިި ރަށް ހަލާކު ކޮށްލީ ގައުމަށްޓަކައެވެ.

ހުޅުމާލޭގައި ހާހުން އެވަނީ ފުލެޓުތަށް އަޅައިފައެވެ. މާލެ އޭރިއާ ތޮށް ޖައްސާލަނީއެވެ. ރާއްޖޭގެ ރަށްށަރުން މީހުން މާލެ އޭރިއާާށް ހިޖުރު ކުރުވަނީއެވެ. ރަށްތަށް ފުރުމުން އެރަށެއްގެ ފަޅު ނޫނީ ފަރު ހިއްކާލަނީއެވެ. ނަމަވެސް ގުދުރަތީ ރީތި ކަމެއް ލިބިފައިވާ އެރަށްރަށު ކައިރީގައިވާ ފަަޅު ރަށްތަށް ތަރައްގީ ކޮށް މީހުން އާބާދު ކުރުމުގެ ވިސްނުމެއް ނެތެވެ. ކަން ކުރައްވާ ބޭފުޅުންގެ ވިސްނުމުގައި ހުރީ ރައްޔިތުން އެ ގުދުރަތީ ރީތިކަމުން މަހުރޫމްް ކުރުމެވެ. ނުވަތަ އަގުދީފައި އެރީތިކަން ދެކިލާ ތަޖުރިބާ ކޮށްލަަންް ދިޔުމެވެ. ފަޅު ރަށްތަށްް ދެމުން ގެންދަނީ މުއްސަދިން އިތުރަށް މުއްސަދި ކުރުމަށް ރިސޯޓް އެޅުމަށެވެ. ދިވެހިން މިޖެހެނީ ދިވެހި ބިމުގައި ބިކަވާށެވެ. ފަަޅު ރަށްތަށް، ފަޅު އަދި ފަރުތަށް މީ މުއްސަދިން މީހުންގެެ މިލްކެކެވެ. ރާއްޖޭގެ ގުދުރަތީ ވެށި ތަޖުރިބާ ކޮށްލަަންް އަންނަށް ޓޫރިސްޓު މީހާ މިލިއަނުން ފައިސާ ހޭދަކޮށް ރިސޯޓުގެ ވެރިޔާ ޖީބު ފުރައިލައެވެ. ރަށު މީހާއަށް އޮތީ ޖިޒީީ ދެއްކުމެވެ.

މާލެ ކައިރިން ބޮޑު ފަޅެއް ހިއްކައިލިއެވެ. ފަޅެއް ހިއްކައިފިއްޔާ، އެފަޅެކޭ ދޮންވެލި ފިނޮޅެކޭ ވާނީ އެއް ހަމައެކެވެ. އެހިއްކި ފަޅު ފެހި ކުރުމަށްޓަކާ ރާއްޖޭގެ އެހެން ރަށްރަށުން ރުށްގަސް ގެންގޮސް އެހިއްކި ފަޅުގައި ޖެހުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ. ކަމަކުދާކަތް ނެތެވެ. ފަޅު ފެހި ކުރުމަށްޓަކާާ ށ. ޅައިމަގު ފެހިކަން ގެއްލުވާލައިފިއެވެ. މުޅިރަށުގެ ގުދުރަތީ ވެށި ހަލާކު ކޮށްފިއެވެ. އިއްޒަތްތެރި މެމްބަރު ނިހާންް ވިދާޅުވި، ރޯނު އެދުރުންތަށް ކަން ބޮޑުވާން ފަށައިފިއެވެ. ކަންބޮޑު ވާނެއެވެ. ގިނަ އަދަދެއްގެ ރުށްގަސް މުލުން ލުހެގެން ނަގެމުގެ ސަބަބުން ރަށުގެ ފަސްގަނޑު ދޫވެ ފެންފަށަލަަަަަައަށް ގެއްލުން ވެދާނެ ކަން އެ ރޯނު އެދުރުންނަށްް ވިސްނުނީއެވެ. މައްސަލަ ބޮޑުވުމުން ޅައިމަގަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަންް އެޖެންސީ (އީޕީއޭ) ގެ ބޭފުޅުން ޒިޔާރަތް ކުރިއެވެ. އޭރު ގަވާއިދާ ހިލާފަށް ރުށްގަސް އުފުރާ ވާނެ ގެއްލުމެއް ހުރީ ވެފައެވެ. ނޫނީ ގެއްލުން ވުމުގެ މަގުމަތީގައެވެ. ޝައްކެވެސް ނެތެވެ، ތިމާވެށީގެ ހިމާޔަތުގައި އީޕީއޭ ތެދުވާނެއެވެ، ނަމަވެސް އެއީ ތިމާވެއްޓަށް ގެއްލުމެއް ލިބުމުން އެކަން ތަހުގީގު ކުރުމަށް ނުވަތަ އެކަން ކުރި ފަރާތެއް ޖުރިމައިނާ ކޮށްލުމަށެވެ.

ނ މާފަރުގެ އެއާޕޯޓެއް އެޅިގެން ދިޔައެވެ. އެއާޕޯޓާ އެއްކޮށް މާފަރުގެެ ގުދުރަތީ ވެށި ގެއްލިގެން ދިޔައެވެ. ގިނަ އަދަދަކަށް ރުށްގަސްް ހުރި މާފަރުގެ ރުށްގަސްތަށް ގެއްލުވައިލީއެވެ. ތަރައްގީއަށްޓަކާ މާފަރުގެެ ގުދުރަތީ ވެށި ހަލާކު ކޮށްލީއެވެ.

އެރަށެއްގެ އަނބުގެ މީރުކުމުގެ ވާހަކަ މުޅި ރާއްޖެ ދައްކަމުންދާ ފުވައްމުލަކުގެ އަނބުގަސްތަށް ކަޑައި ހުސްކޮށްލަނީއެވެ. އަނބު ގަސްތަކަށް ބަލި ޖެހުނީއެވެ. ނުވަތަ ގަހުގެ ބޭނުމެއް ނެތުމުން ކަޑާލަނީއެވެ. ފުވައްމުލަކުގައި ގަސް ކެޑުމުގެ ހިދުމަތް ހިލޭ ދޭ ފަރާތެއް ދަނީ ގަސްތަށް ކަޑައި، އެގަސްތަކުން ލަކުޑިި ހަދައި ރަށުން ބޭރު ކުރަމުންނެވެ. ލަކުޑި ރަށުން ބޭރު ކުރުމަށް ބޭނުން ކުރަނީ މިކޯ 2 ނަމަކަށް ކިޔާ ދޯންޏެކެވެ. އެރަށުން ހިލޭ ގަސްކަޑައިދޭ ފަރާތެެއް ބުނެފައިވަނީ، އޭނާ ގަސްތަށް ކަޑާލަން ބޭނުން ނުވާ ކަމަށާއި، ގަސްތަށް ކަޑާލަނީ އޭނާ ގާތު އާދޭސް ކުރާ ވަރުން ކަމަށެވެ. ނަމަވެސް ފުވައްމުލަކު ރައްޔިތުން ބުނަމުން ގެންދަނީ އޭނާާ ގަސްތަށް ކެޑުމަށް އަގު ނަގާނަމަ ގަސްކެޑުން ރަށުން މަދުވެގެން ދާނެ ކަމަށެވެ. ފުވައްމުލަކު ރައްޔިތުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ބިޔަ ބޮޑެތި ގަސްތަށް ހުންނަށް ގޭގެއަށް ފައިސާގެ އިނާޔަތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. ފުވައްމުލަކުން ފެނިގެން ދިޔައީ ފައިސާ އަށް ޓަކައި ރަށުގެ ގުދުރަތީ ވެށި ހަލާކު ކޮށްލި މަންޒަރެވެ. މީގެ ކުރިން ގިނަ އަދަދަކަށް ދަނބު ގަސްތަށް ހުރި ފުވައްމުލަކުގައި މިހާރު މަދު ދަނބު ގަސްތަކެއް ހުރިއިރު ދަނބު މޫސުމަކީ ފުވައްމުލަކަށް ހާއްސަ މޫސުމެއް ކަމަށްވެސް ބުނެވިދާނެއެވެ. މީގެ އިތުރުން ފުނަ ގަސްތަށް މިހާރު ފުވައްމުލަކުން އެއްކޮށް ހުސްވެފައިވާ ކަމަށް ބުންޏަސްް ދޮގަކަށް ނުވާނެއެވެ. ފުވައްމުލަކު ރައްޔިތުން ދަނީ އެރަށުން ލަކުޑި އަދި ދަރު ބޭރު ނުކުރެވޭ ގޮތަށް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރަމުންނެވެ. އެރަށުގެ މަގުތަށް ޒަމާނީ ފެންވަރަކަށް ހެދުމަށޭ ކިޔައި ސަރުކާރުން ވަނީ އެރަށުގެ މަގުގެ ދެފަރާތުގައި ހެދިފައިވާ ގަސްތަށް ނަގާފައެވެ. ތަރައްގީ އަަށްޓަކައި އެގަސްތަށް ގުރުބާންް ކޮށް ރަށުގެ ފެހިކަން ގެއްލުވާލިއެވެ. މިމައްސަލައިގައި އީޕީއޭ އިިން ވަނީ ހައުސިން މިނިސްޓްރީ 60000 ރުފިޔާއިން ޖުރިމައިނާ ކޮށްފައެވެ. މިމައްސަލައިގައި އީޕީއޭ އިން ބުނެފައިވަނީ، ގަސްތަށް ނަގާލާފައިވަނާ ތިމާވެއްޓަަށްް ގެއްލުންް ވާ ގޮތަށް ކަމަށެވެ. ގަސްތަށް ކަޑާލަންް އުޅުމުން އެރަށު ރައްޔިތުންވަނީ އެކަން އީޕީއޭގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އީޕީއޭ ފިޔަވަޅު އެޅިއިރު ވާނެ ގެއްލުމެއް ހުރީީ ވެފައެވެ.

ހަގީގީ ޖަންގަލީއެއްގެ ސިފަތަކެއް ލިބިފައިވާ ރަށެއް ރިސޯޓު ހެދުމަށް ދޫކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކުންް މިކަމާ ދެކޮޅަށް އަޑު އުފުލުމުން އީޕީއޭ އިން ވަނީ އެރަށް ހިމާޔަތް ކުުރުުުމުުގެެ މަަަސަައްްްކަތްް ފަަަށަައިިިފިިއެެވެެ. ކޭލަކުނު ތަރައްގީ ނަންމަތީގައި ހަލާކު ނުވަނީސް އީޕީއޭ އިން ފިޔަވަޅު އަޅައިފިއެވެ.

މިހާރު ވެސް ދެކެވެމުންދަނީ ގުދުރަތީ ވެށި ހަލާކު ކޮށްލާ ތަރައްގީ އެއް ގެންނަން ރަށެއް ސަހަރާއަކަށް ބަދަލު ކުރަން އުޅޭ ވާހަކެއެވެ. ފައިނުގައި އެއާޕޯޓެއް އަޅަން ރަށުގެ ބޯ ބިޔަ ގަސްތަށްް ކަޑާލަން އުޅޭ ވާހަކައެވެ. ފައިނުގެ ދަނޑުވެރިކަަންް ހަލާކު ކޮށްލަަން އުޅޭ ވާހަކައެވެ. ދަނޑުވެރިކަން ކޮށްގެެންް ފައިސާ ހޯދާ ފަރާތްތަކަށް ފައިސާ ހޯދާނެ އިތުރު ގޮތެއް ނުދައްކާ ދަނޑުވެރިކަން ހަލާކު ކޮށްލުމަށެވެ. ރާއްޖޭގެ ރަށަކުންް މަދުން ފެންނަށް ކަހަލަ ބިޔަ ބޮޑު ގަސްތަށް ހެދިފައިވާ ވަލުތެރެ ހަލާކު ކޮށްލަންް އުޅޭ އުޅުމެވެ. ފައިނުގެ އެއާޕޯޓް އެޅުމުުގެެ ގޮތުން ހަދާފައިވާ އީއައިއޭ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވެގެން ދާއިރު، ކިތަންމެ ޝަަކުވާ އެއް ހުށަހެޅިޔަސް އެއާޕޯޓް އަޅާނެ ކަމަށް ވަރަަށް ބޮޑަށް ގަބޫލު ކުރެވެއެވެ. އެއާޕޯޓް އަޅައިފިއްޔާ ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަށް އީޕީއޭ އަށް މާފު ކުރާނެ ހެނެއް ހިޔެއް ނުވެއެވެ. މިކަމާ ދެކޮޅަށް އަޑު އުފުލާ މީހުންވެސް މާފު ކުރާނެ ހެނެއް ހިޔެއް ނުވެއެވެ.

1
Advertisements

6 COMMENTS

  1. ތިއަށް ކިޔަނީ އަމިއްލަ ކަރަށް އަމިއްލަޔަށް ފައިން އެރުމޭ

  2. މިކަަން ކުރި މީހުންވެސް ހިފާ ހައްޔަރު ކުރޭ

  3. ދިވެހި ރާއްޖޭގެ ހުރި ހުރިހާ ގަސްތަކެއް ހިމާޔަތް ކުރްން ވީ އޭރުން މިިކަން ހުއްޓުވޭނެ

  4. ވެށި ހަލާކު ކުރި މީހުން ކޯޓު އަމުރެއްނެތި ހައްޔަރު ކޮށް ގަސްތަށް އިންދުމަށް އަމުރު ނެރޭ

  5. ތިކަމުގައި ޝާާމިލްވާ ފަރާތްހަށް ބިލިއަންް ޑޮލަރުން ޖޫރިމައިނާ ކުރެ

Comments are closed.