މަންތާ އެއާގެ އުދުހުން ފަށަން ތައްޔާރު ވެއްޖެ

0

އަލަށް އުފެއްދި އެއާލައިން މަންތާާ އެއާގެ އުދުހުންތަށް ފަށަށް މިހާރު ތައްޔާރު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ، އެ އެއާލައިނުގެ ފުރަަތަަމަަ މަތިންދާ ބޯޓު ރާއްޖެ އައުމުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މަންްތީީ އެއާލައިނުން ބުނެފައިވަނީ، ދެ ކުލާހެއްގެ ސީޓުތަކާއެކު އެތެރޭގެ އުދުހުންތަށް ފަށަން މިހާރު ތައްޔާރު ވެފައިވާ ކަމަށެވެ.

Advertisement

މި އެއަރލައިން އަކީ ޕްރީ ޝެޑިއުލްޑް، ހަމަސް ކުރިންވެސް ޓިކެޓް ނެގޭނެ އެއަރލައިންއެއްގެ ގޮތުގައި ހަލީލް ވަނީ ފާހަގަކޮށްފައެވެ. ހަލީލް ވިދާޅުވީ މަންތާގެ އިންފްލައިޓް ހިދުމަތްތައްވެސް އެހެން ފްލައިޓުތަކަށްވުރެ ތަފާތުވާނެކަމަށާއި، އަގުތައްވެސް ހެޔޮވާނެކަމަށެވެ.

މީގެ އިތުރުން މަންތާ އެއާލައިނުން ދަނީ ސީީ ޕްލޭންގެ ހިދުމަތް ދިނުމަށްވެސް ކުރަން ޖެހޭ މަސައްކަތަށް ކުރަމުން ކަމަށް ބުނެފައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބުނުހާ އަވަހަށް އެކުންފުނީގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ. އެއަށްފަހު ބ. ދަރަވަންދޫ އަށް އަދި ތ. ތިމަރަފުއްޓަށް ދަތުރުތައް ފަށާނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

Advertisements