ރާވަލްޕިންޑީގައި ބޮމެއް ގޮއްވާލުމުން 25 މީހަކަށް އަނިޔާވެއްޖެއެވެ. މި ބޮން ގޮއްވާލާފައި ވަނީ ގަންޖް މަންޑީ ޕޮލިސް ސްޓޭޝަންގެ ކައިރީގައެވެ.

ފުލުހުންނާއި ފުރަތަމަ އެހީދޭ ފަރާތްތަކުން ބުނިގޮތުގައި ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ. މި ހަމަލާގައި މަދަނީންނަށް އަމާޒުކޮށްފައިވާ ކަމަށާއި މިއީ ޓެރަރިސްޓް ހަމަލާއެއްކަމަށް ބަލާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ލަފާ ކޮށްފައިވާ ގޮތުގައި މި ހަމަލާގައި އުޅެނީ ސައިކަލެއްގައި ދިޔަ ބަޔެކެވެ. ނަމަވެސް އެކަން ކަށަވަރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ.

މިއީ ފުލުހުންގެ މަރުކަޒެއްގެ ކައިރީގައި ދިހަ ދުވަސްތެރޭގައި ދީފައިވާ ދެވަނަ ހަމަލާއެވެ.