ދިވެހީންނަކީ ޒަމާނުންސުރެ ހަވާދުގެ ބާވަތްތަކުން ކާބޯތަކެތީގެ ރަހަތައް ހެޔޮވަރުކުރަމުން އައި ހަވާދާ ރައްޓެހި ބައެކެވެ.

މީރުމީރު ކުކުޅު ރިހަޔާއި، ރޯމަހު ރިހައާއި، ވަޅޯމަސް ރިހަ ކައްކާލަނީ އަނގަޔަށް މީރުކޮށް ކޮލިޓީކޮށްނެވެ. ދިވެހި ހަވާދުގެ ރަހަތަކަކީ ރަހަ ބަލައިފިއްޔާ އެއަށް ދެވިހިފާހާ މީރު އެއްޗެކެވެ.

ލޯޖެހި ހަވާދާއި، މުސައްމާ ހަވާދުގެ އިތުރަށް ފުއްލާޖެހި ހަވާދަކީ ދިވެހީގެން ރަހަތަކާ ރައްޓެހި ހަވާދެކެވެ.

މި އުފެއްދުންތަކުގެ ލިސްޓަށް މިހާރު ތަޢާރަފް ވެފައި މިވަނީ ދިވެހީންގެ އަމިއްލަ އުފެއްދުމެއް ކަމުގައިވާ ''ޓްރައިމޯ'' އެވެ.

މި ހަވާދަކީ އަސްލު ރަހަ އެންމެ ފުރިހަމައަށް ލިއްބައިދޭ ގޮތަށް، ގާނައި، ހަނާކޮށްފައިވާ ކާށި ހުންޏާއި ދިވެހި ހަވާދުގެ އެކިއެކި ބާވަތްތައް ބޭނުން ކޮށްގެން އުފައްދާފައިވާ ހުރިހާ ވައްތަރެއްގެ ރިހަ ކައްކަން އެއްވަނައިގެ ހަވާދެކެވެ.

"ޓްރައިމޯ'' ދިވެހި ހަވާދު ތައްޔާރު ކުރުމަށް ބޭނުން ކޮށްފައިވަނީ ކާށި، މިރުސް، ދިރި، ފޮނިތޮށި، ކަފޫރުތޮޅި، ރީނދޫ، ލޮނުމެދު، އިނގުރު، ފިޔާ އަދި ހިނކަދިފަތެވެ.

ޓްރައިވޭސް ލަންކާ ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށް ރާއްޖެއަށް އެތެރެކުރާ މި ދިވެހި އުފެއްދުމަކީ ދިވެހި ރިހަތަކުގެ އަސްލު ކުލައާއި ރަހަ އެކުލެވިގެންވާ ހަވާދެކެވެ. މިއީ ދިވެއްސެއްގެ ދިވެހި އުފެއްދުމެކެވެ.

ހަވާދުގެ އަގުތޯއެވެ؟ އަގަކީ ހަމަ އެންމެ ތިރީސް ރުފިޔާއެވެ. ހަވާދު ހޯލްސޭލް ކޮށް އަދި ރީޓެއިލް ކުރަނީ ސަރުނަ މާޓުންނާއި ހަލި ޕްރައިވެޓު ލިމިޓެޑުންނެވެ. ހަލިއޮންލައިން ފިހާރަތަކުންވެސް (ފޭސްބުކާއި އިންސްޓަގްރާމް) މެދުވެރިކޮށް މި ހަވާދަށް އޯޑަރުވެސް ކުރެވޭނެއެވެ.