އިންޑިއާގައި ބާއްވާ ޖީ20ގެ ސަމިޓްގެ ބައިވެރިންނަށް އިންޑިއާގެ ސިވިލިޒޭޝަން މއދު ނުކެނޑި 2500 އަހަރު ވަންދެން ހިނގާފައިވާ ގޮތް ދައްކާ ލުން އޮންނާނީ ދިއްލީގެ ޕުރާނާ ކިއްލާގައެވެ. މިހާރުގެ ޕުރާނާ ކިއްލާއަކީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 900 އަހަރު ކުރިން އިންޑިއާގެ ޕަންޑަވާ ރަސްކަމުގެ މައި މަރުކަޒެވެ. އަދި މިހާރުގެ ދިއްލީގެ ކުރިން އޮތް އިންދްރަޕްރަޝްތާ ރަސްކަމުގެ މަރުކަޒުވެސް މެއެވެ.

ޕުރާނާ ކިއްލާ މިހާރު ހުރިގޮތަށް ފެންނަނީ 1545 ގައި ޝޭރް ޝާހް ސޫރީ ރަސްގެފާނު އަވަހާރަވުމުގެ ކުރިން ބިނާ ކުރެއްވި ކިއްލާއަށް ނިސްބަތް ކޮށެވެ.

ޕުރާނާ ކިއްލާގައި ފެނިފައިވާ އެކި ޒަމާންތަކަށް ނިސްބަތްވާ އާސާރީ ސާމާނުތައް ބިމުގެ އެކި ފަށަލަތަކުން ފެނިފައިވާ ގޮތް ދައްކާލުން އޮންނާނެއެވެ. އާކެއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިން ބުނާ ގޮތުގައި މެދު ނުކެނޑި 2500 އަހަރު ވަންދެން އިންދްރަޕްރަޝްތާއިން ފެށިގެން މިހާތަނަށް މީހުން ދިރިއުޅެފައިވެއެވެ.

ޖީ20ގެ ވެރިންގެ ސަމިޓް އިންޑިއާގައި އޮންނާނީ ސެޕްޓެމްބަރު މަހުއެވެ.

ޕުރާނާ ކިއްލާގައި ކޮނެފައިވާ ޓްރެންޗްގައި ހަމަ ބިމަށްވުރެނެ އަށް މީޓަރު އަޑީގައި މައުރިއަން ޒަމާނުގެ އާސާރުތައް ފެނެއެވެ. އެއީ، އީސާގެފާނުގެ ދުނިޔެއަށް ވަޑައިގަތުމުގެ ކުރީގެ 6 ވަނަ ގަރުނާއި 4 ވަނަ ޤަރުނާ ދެމެދު އެސަރަހައްދުގައި އޮތް ރަސްކަމެވެ. އަދި މަޑުމަޑުން ބިމުން މައްޗަށް އަންނައިރު ދިއްލީގެ އެކިއެކި އެހެން ރަސްކަމުގެ އާސާރުތައް ފެނެއެވެ.

ޔަމޫނާ ކޯރުގެ އައްސޭރީގައި އޮތުމުން، ޕޫރާނާ ކިލާ އަކީ ހުރިހާ ދުވަސްވަރެއްގައި ވެސް ވިޔަފާރިއާއި ސިނާއީ ހަރަކާތްތަކުގެ މައި މަރުކަޒެކެވެ.