ތާޕްސީ ޕަންނޫ ކިރު ބޯން ފެށި ވާހަކައިން އިންޓަރނެޓް ބޮކިޖަހަން ފަށްއިފިއެވެ. އުމުރުން 33 އަހަރުގެ ޕަންޖާބީ ފޭނުން ކިޔައިދިން ގޮތުގައި ކުރިން އޭނާއަކީ ކިރަށް އެލާޖިކްވާ މީހެކެވެ. އޭނާ ކުރިން ބޭނުން ކުރީ ދަހީއާއި ލައްސީ އެކަންޏެވެ.

ތާޕްސީ، މި ދުވަކޮޅު ގެންދަނީ އޭނާ ތައްޔާރު ވަމުންދާ ފިލްމަށް ޚާއްސަ ޑައެޓެއް ފޮލޯ ކުރަމުންނެވެ.

ރޭޝްމީ ރޮކެޓް ފިލްމުގައި އޭނާ ފެނިގެންދާނީ އެތުލީޓެއްގެ ރޯލުންނެވެ.

މިފިލްމުގެ ރޯލަށްޓަކައި ގީ އާއި، ކަރޑް އަދި ބަޓަރމިލްކާއި، ޕްރޮޓީން ޝޭކްވެސް އޭނާ ގެންދަނީ ބޭނުން ކުރަމުންނެވެ.

ފިޒިކަލް ޓްރޭނިންގ ގެ އިތުރުން ފެޓް ބަރން ކުރުމަށްޓަކައި އެޕަލް ސައިޑަރ ވިނިގަރއާއި އޯބަތާއި، ރީނދޫ އަދި އިނގުރު ބޭނުން ކުރާކަމަށްވެސް އޭނާ ކިޔައިދެއެވެ.