އިޒްރޭލުގެ ދިފާއީ ވަޒީރު ބުނަނީ ފަލަސްތީނު މީހުންނަށް އޮތީ ދެ ގޮތެވެ. އެއް ގޮތަކީ ގަބުރުސްތާނެވެ. އަދި އަނެއް ގޮތަކީ ޝަރުއީ ކޯޓެވެ.

އިޒްރޭލުން ޖެނިންގައި ހިންގި ގަތުލުއާންމަށްފަހު ޔަހޫދީންނާ ދެކޮޅަށް ހަމަލަތައް އިތުރުވުމުން އިޒްރޭލުން ވަނީ ހަރުކަށިކަން އިތުރު ކޮށްފައެވެ.

އިޒްރޭލުން މަސައްކަތް ކުރަމުން ދަނީ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނަސްގެން ހަމަލަ ދޭ ފަލަސްތީނު މީހުންގެ އާއިލާތަކުގެ ކާކުކަން އަންގައިދޭ ކާޑު ކެންސަލް ކުރުމަށެވެ. އަދި މިހާރުވެސް އަމަލު ކުރަމުންދާ ގޮތަށް ހަމަލަ ދޭމީހާގެ އާއިލާގެ ގެއިން މީހުން ނެރެ ގޭގައި ތަޅުއެޅުވުން ހަރުކަށި ކުރާށެވެ. އޭގެ އިތުރުން ޔަހޫދީންނަށް ހަމަލަ ދޭމީހުން ދަންޖެއްސުމަށް ގާނޫނު ފާސްކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި އިތުރު ހަރުކަށި ފިޔަވަޅެއްގައި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންނަށް އޮޓޮމެޓިކް ރައިފަލް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ޒަޔަނިސްޓް ސަރުކާރުގެ ބޮޑު ވަޒީރު ބުނިފަދައިން ފަލަސްތީނު މީހުންގެ ކިބައިން ބަދަލު ހިފުމަށްޓަކައި ފަލަސްތީނުގެ ބިންތަކުގައި އަވަހަށް އިތުރު ޔަހޫދީން އާބާދު ކުރުމަށްވެސް މަސައްކަތް ކުރާނެއެވެ.

އއިޒްރޭލު ސފައިން ޖެނިންގެ ގަތުލުއާންމު ހިންގިފަހުން ފަލަސްތީނު މީހުން ވަނީ އިޒްރޭލާ ދެކޮޅަށް މިހާތަނަށް ހަތަރު ހަމަލަ ދީފައެވެ.