އަލިފާނުން ސަލާމަތް ކުރުމަށް ތުއްތު ދަރިފުޅު ތިންވަނަ ފަންގިފިލާއިން މަގަށް އެއްލާލައިފި

0

އެމެރިކާގެ ސިޓީއެއްކަމުގައިވާ ޑެލަސްގެ ގެތަކެއްގައި ރޯވުމުން، ތުއްތު ދަރިފުޅު އަލިފާނުން ސަލާމަތް ކުރުމަށް، ތިން ވަނަ ފަންގިފިލާއިން އެ ތުއްތު ކުއްޖާ މަގުމައްޗަށް އެއްލާލައިފި އެވެ.

ނޫސްތަކުން ބުނެފައިވަނީ ރޯހައުސްތަކެއް ގޮތަށް ހުރި އެ ގެތަކުގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެތުއްތު ކުއްޖާ ގޭގެ ކުޑަ ދޮރަކުން ބޭރަށް އެއްލައިލީ އޭނާގެ މަންމަ ކަމަށެވެ. އަދި އެކުއްޖާގެ ގައިގައި ފަރުވާތެރިކަމާއެކު ފޮއްޗާއި ބެޑްޝީޓް އޮޅާފައި ވުމުން ކުއްޖާއަށް އަނިޔާވެފައިނުވާ ކަމަށްވެސް ފުލުހުންނާ ޙަވާލާދީ ނޫސްތަކުން ބުނެފައިވެ އެވެ.

Advertisement

މިހާދިސާގައި، އެތަނުގައި ހަރަކާތްތެރިވި ފަޔަރ ފައިޓަރުންނާއި އާއްމުންގެ އެހީގައި އެހެން ބައެއް ގެތަކުގެ ކުޑަދޮރުންވެސް ބޭރަށް ފުންމައިލިއެވެ. އެކަމުގެ ސަބަބުން ފަޔަރ ރެސްކިއުގައި ހަރަކާތްތެރިވި މީހެއްގެ އިތުރުން އެގެތަކުގެ ފަސްމީހަކަށް ވަނީ އަނިޔާވެފަ އެވެ. އަލިފާނުގެ ހާދިސާގައި ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް އެހާދިސާހިނގަން ދިމާވި ސަބަބު ހޯދުމަށް ފުލުހުން އަދިވެސް ތަހުގީގު ކުރަމުންދާކަމަށް ޑެލަސްގެ ފުލުހުންނާ ޙަވާލާދީ ނޫސްތަކުން ބުނެފައިވެ އެވެ.

Advertisements