ދެ އަވަށްޓެރިންގެ ދެމެދު މަޢްލޫމާތުގެ ހަނގުރާމައެއް ވަނީ ފެށިފައެވެ. އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުން ގެންދަނީ އިންޑިއާއާ ބެހޭ ގޮތުން އޮޅުވާލައިގެން މަޢްލޫމާތު ފަތުރަމުންނެވެ. އަދި ޔޫރަޕްގެ އަލްޓްރާ ނޭޝަނަލިސްޓް ޕާޓީތަކުގެ މީހުން ބޭނުންކޮށްގެން އިންޑިއާއާ ދކޮޅަށް ޕާކިސްތާން މަޢްލޫމާތު އޮޅުވާލުމުގެ ކެމްޕޭނެއް ހިންގަމުންދާ ކަމަށްވެސް ނިއުދިއްލީން ތުހުމަތު ކުރެއެވެ.

ވިލާތު އިއްތިހާދުގެ ޑިސްއިންފޯލެބް އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 15 އަހަރު ވަންދެން ހިންގާފައިވާ މަޢްލޫމާތު އޮޅުވާލުމުގެ އޮޕަރޭޝަނެއްގައި އިންޑިއާގެ މަސްލަހަތަށް ފައިދާ ހުރިގޮތަށް ބައިނަލްއަގްވާމީ މުއައްސަސާތަކަށް އަމާޒުކޮށް މަޢްލޫމާތު ފަތުރާފައިވާ ކަމަށެވެ. މިއަށް އެފަރާތުން ނަން ދީފައިވަނީ އިންޑިއަން ކްރޮނިކަލްގެ ނަމުންނެވެ. މީގައި ވުޖޫދުގައި ނެތް މީޑިއާއާއި ތިންކް ޓޭންކްތަކާއި އެންޖީއޯތަކާއި މަރުވެފައިވާ ނުވަތަ ވުޖޫދުގައި ނެތް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބިނާ ކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ބްރަސްލްސްއާއި ޖެނީވާގައި ހިންގާ މި ވިއުގައިން މަސައްކަތް ކޮށްފައި ވަނީ ޕާކިސްތާން ވައްޓާލުމަށްކަމަށްވެސް ބުނެފައި ވެއެވެ.

މިކަން ކޮށްފައި ވަނީ އިންޑިއާ ސަރުކާރުން ކަމަކަށް ޑިސްއިންފޯލެބް އިން ބުނެފައެއް ނުވެއެވެ.

މަޢްލޫމާތު އޮޅުވާލުމުގެ ހަނގުރާމައެއް ނިއުދިއްލީއާއި އިސްލާމްއާބާދާ ދެމެދު ފެތުރިގެން ދިޔައީ ޕާކިސްތާނުން ޓެރަރިޒަމަށް ހިތްވަރު ދޭކަމަށް ބުނެ، އިންޑިއާއިން ނިއުދިއްލީއަށް ކަނޑައަޅާފައިވާ ބައެއް ސަފީރުންނާ ޕާކިސްތާނާ ދެކޮޅަށް ފައިލެއް ހިއްސާ ކުރުމުންނެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ގެ ތަރުޖަމާން އަނޫރާގް ސްރިވާސްޓަވް ވިދާޅުވީ ގޮދު މަޢްލޫމާތު ފަރުތާ ފަރާތަކީ އަވަށްޓެރިއާ ކަމަށެވެ. އޭނާގެ ވާހަކަތައް ބިނާ ކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް އޮބާމާ ޕާކިސްތާނާ ބެހޭ ގޮތުން ދެއްކެވި ވާހަތަކާއި ޕާކިސްތާނުން އަލްގާއިދާ ބޮޑުމީހާ ފޮރުވައިގެން ގެންގުޅު ކަމަށް ތުހުމަތު ކުރައްވައެވެ.