އޭއެފްސީ ކަޕް ފުރުސަތު ގެއްލުނުސަބަބު ހޯދުމަށް ކޮމިޓީއެއް އެކުލަވާލަނީ

1

އޭއެފްސީ ކަޕްގަ ކުޅުމުގެ ފުރުސަތު ރާއްޖެއަށް ގެއްލެންދިމާވި ސަބަބު ހޯދާ ބަލަން ކޮމިޓީއެއް އެކުލަވާލަން ނިންމައިފި އެވެ.

ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، “ފުޓްބޯޅައަކީ ދައުލަތުން ބޮޑު ހޭދައެއްކުރާ  ކުޅިވަރަކަށް ވެފައި އޭއެފްސީ ކަޕްގަ ކުޅުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާތީ މެދުވެރިވި ސަބަބު ބަލާ އަދި އިސްލާހް ކުރަންޖެހޭކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމައިފި،” ކަމަށެވެ. އަދި  އެކަން ކުރިއަށްދާނީ އެފްއޭ މޯލްޑިވްސް އާއި ކުލަބުތަކުގެ ބައިވެރިވުމާއެކު ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.

Advertisement

އޭއެފްސީކަޕުގެ ފުރުސަތު މިފަހަރު ރާއްޖެއަށް ގެލުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމަށްބުނެ ރާއްޖޭގެ ފުޓްބޯޅާއިގެން އިސް ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކްލަބްތަކަށް ލައިސަންސް ނުލިބިގެން، އޭއެފްސީ ކަޕުން ފުރުސަތު ރާއްޖެ އަށް ގެއްލިފައިވާއިރު، އެފްއޭއެމުން ބުނެފައިވަނީ، އެކަން ނުވީ ކްލަބްތަކުން ލިޔެކިޔުންތައް ހުށަނޭޅުމުން ކަމަށެވެ. ނަމަވެސް އެކަމުގައި ޒިންމާވާންޖެހޭނެ ފަރާތެއް އޮންނަންޖެހޭކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisements

1 COMMENT

Comments are closed.