ގައުމީ ދިގު ފެތުމުގެ މުބާރާތް، މިމަހުގެ 25 ވަނަ ދުވަހު ކުޑަގިރީ ޕިކްނިކް އައިލެންޑުގައި ބޭއްވުމަށް ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އާންމުކޮށް ހުޅުވާލައިފިއެވެ.

މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ 4 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ؛

1. ނެޝަނަލް (5 ކިލޯ މީޓަރ، 2008 ނުވަތަ އެއަށްވުރެ ކުރިން އުފަންވެފައިވާ ފަރާތްތަކަށް).

2. ނެޝަނަލް ޖޫނިއަރ (3 ކިލޯ މީޓަރ ، 2009، 2010 އަދި 2011 ގައި އުފަންވެފައިވާ ފަރާތްތަކަށް)

3. ސްވިމް ޗެލެންޖް - ކޮމިއުނިޓީ މާސް އިވެންޓް ( 1 ކިލޯ މީޓަރ، 2011 ނުވަތަ އެއަށްވުރެ ކުރިން އުފަންވެފައިވާ ފަރާތްތަކަށް)

4. ކިޑްސް ސްވިމް - ކޮމިއުނިޓީ މާސް އިވެންޓް ( 0.5 ކިލޯ މީޓަރ ، 2012، 2013، 2014 އަދި 2015 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށް އަމާޒުކޮށް).

މުބާރާތުގައި ބައިވެރިމުގެ އެންމެ ފަހު ތާރިހަކީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

https://swimming.org.mv/event/14nowsc/

މާލެއާއި އެންމެ 15 ވަރަކަށް މޭލު ދުރުގައި ފަޅު ހިއްކައިގެން މިސަރުކާރުން ތަރައްގީ ކުރި ކުޑަގިރި އިއްޔެގެ ހެނދުނު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. ކުޑަގިރި ތަރައްގީ ކުރީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ހާއްސަކޮށްގެންނެވެ. ގައުމީ ދިގު ފެތުމުގެ މުބާރާތް ވެގެންދާނީ ކުޑަ ގިރީގައި ބައްވާ ރަސްމީ މިފަދަ ފުރަތަމަ ކުޅިވަރު މުބާރާތަށެވެ.