އެންމެ މަޝްހޫރު ޑައިވިން މަންޒިލަކަށް ރާއްޖެ

0

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ޝަަރަފުވެރި އެވޯޑް “ވޯލްޑް ޓްރެވެލް އެވޯޑްސް”ގެ ދުނިޔޭގެ އެންމެ މަޤްބޫލް ޑައިވް މަންޒިލަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ދުނިޔޭގެ އެކިގައުމުތަކުން އެވޯޑްތަކަށް ކުރި މަތިލިއިރު ރާއްޖެއަށް ވަނީ ޝަރަފުވެރި 8 އެެެެެވޯޑެއް ލިިިިބިފައެވެ.

Advertisement

މިގޮތުން ވޯލްޑް ލީޑިންގ ޑައިވް ޑެސްޓިނޭޝަން ނުވަތަ އެންމެ މަޤްބޫލް ޑައިވް މަންޒިލްގެ އެވޯޑް ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ. މިއެވޯޑް ރާއްޖެއަށް ލިބިފައިވަނީ މޮރިޝަޒް، މެކްސިކޯ އަދި ތައިލެންޑް ހިމެނޭ ގޮތަށް 12 ޤައުމަކާ ވާދަކޮށްގެނެވެ.

އެހެން އެވޯޑްތަކަށް ބަލާއިރު ރާއްޖޭގައި ހިންގާ ރިސޯޓެއް ކަމަށްވާ ޖުމައިރާ ވިޓަވެލި މޯލްޑިވްސް އަށްވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ހަނިމޫން މަންޒިލްގެ އެވޯޑް ލިިިިބިފަައެެވެެ. ދުނިޔޭގެ އެންމެ މަޤްބޫލް ލަޤްޒަރީ އައިލެންޑް ރިސޯޓްގެ އެވޯޑް ލިބުނީ ސެއިންޓް ރެޖީސް މޯލްޑިވްސް ވޮށްމުލި ރިސޯޓަށެވެ.

ދުނިޔޭގެ އެންމެ މަޤްބޫލް އެއަރޕޯޓް ރިސޯޓްގެ އެވޯޑް ލިބުނީ ހުޅުލެ އައިލެންޑް ހޮޓަލަށެވެ. ހުޅުލެ އައިލެންޑް ހޮޓަލަށް މިއެވޯޑް ލިބުނީ އެމެރިކާ، ތައިލެންޑް އަދި ސްރީލަންކާގެ ކުންފުނިތަކާ ވާދަކޮށްގެނެވެ.

އެންމެ މަޤްބޫލް ރޮމޭންޓިކް ރިސޯޓްގެ އެވޯޑް ލިބުނީ ބަރޮސް މޯލްޑިވްސް ހޯދިއިރު ދުނިޔޭގެ އެންމެ މަޤްބޫލް ލަޤްޒަރީ ޕްރައިވެޓް އައިލެންޑްގެ އެވޯޑް ޗެވަލް ބްލަންކް ރަންދެލި ރިސޯޓަށްް ވަނީ ލިިިބިިފަައެެވެެ.

ޕޯޗުގަލްގައި ބޭއްވި މިރަސްމިއްޔާތުގައި، ސީ އެޓް އަނަންތަރާ ކިހަވަށް މޯލްޑިވްސް އަށް އެންމެ މަޤްބޫލު ކަނޑު އަޑީގެ ހޮޓެލްގެ އެވޯޑް ލިބުނުއިރު، އެންމެ މަޤްބޫލް ވޯޓަރ ވިލާ ރިސޯޓްގެ އެވޯޑް ލިބުނީ ސަން އަކުއާ ވިލު ރީފް ރިސޯޓަށެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here