ބިދޭސީންނަށް ރާއްޖެއިން ބިން ވިއްކާ މައްސަލާގައި މުޒާހަރާ ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަން (ޕީޕީއެމް/ޕީއެންސީ) އިން ނިންމައިފިއެވެ. މި މުޒާހަރާ އޮންނާނި މިމަހު 17 ވަނަ ދުވަހު ހަވީރު 4:00 ގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިދިކޮޅުފަރާތްތަކުގެ އެންމެބޮޑު ކަންބޮޑުވުމަކީ ކުޑަ އިންވެސްޓްމެންޓަކަށް ގިނަދުވަހަށް ބިން ވިއްކާތީއެވެ. އިދިކޮޅުފަރާތްތަކުން ބުނެފައިވަނީ ޚާއްސަކޮށް އިންޑިއާއަށް ރާއްޖެއިން ބިންވިއްކުމަކީ މުސްތަގުބަލުގައި ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅިދާނޭ ކަމެއް ކަމަށެވެ. "ރާއްޖޭގެ ވެރިކަމަށް އަންނަންވީ މިގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވޭނޭ ވަރުގެ ބޭފުޅެއް. އެއީ ރައީސް ޔާމީން އަށް ވެސް ވާކަށް ނުޖެހޭ،" އިދިކޮޅު އިއްތިހާދުގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

ސަތާރަވަނަ ދުވަހު ބާއްވާ މުޒަހާރާގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ. އެކޯލިޝަނުން މިހާރުވެސް ގެންދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. އެ މުޒާހަރާތަކަކީ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކެކެވެ.

ރާއްޖެއިން ބިދޭސީންނަށް ބިންވިއްކާ މައްސަލާގައި ބާއްވާ މުޒާހަރާގައި ވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާނެއެވެ. ބިން ވިއްކުމުގެ މަސައްލަގާއި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާ ން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން އެވާހަކަ ދައްކަމުންް ގެންދަނީ ކަމުގެ އަސްލު އޮޅޭ ގޮތަށް ކަމަށެވެ.