ގައުމީ އިނާމު ހޯދާފައިވާ ޝާާންޓެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފި

1

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމު މިއަހަރު އޭނާއަށް ވަނީ ލިބިފައިވާ ބޮޑީ ބިލްޑާރ ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) މަަސްްތުުވާާ ތަަަކެއްޗާއެކު ހައްޔަަަރު ކޮށްފިިިއެވެ.

ފުލުހުުންް ބުނެފައިވަނީ މާލެ އެޕާޓްމަންޓެއް ބަލައިފާސްކޮށް 38 އަހަރުގެ މީހަކު 7 ކިލޯ މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން އެޕާޓްމެންޓް ބަލައި ފާސްކޮށް މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ޝާާންޓެއް ކަން އިތުބާރުހިފޭ މަސްދަރަކުންވަނީ ކަށަވަރު ކޮށްދީފައެވެ. އަދި ފުލުހުން އެޕާޓްމެންޓް ބަލައިފާސްކޮށްފައި ވަނީ އޭނާގެ ހާޒިރުގައި ކަންވެސްވަނީ ކަށަވަރުވެފައެވެ.

Advertisement

ޝާންޓޭ އަކީ ބޮޑީ ބިލްޑިންގ ދާއިރާގާއި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މީހެކެވެ. މިދިޔަ އަހަރު އޭނާ ވަނީ އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދީފައެވެ.

Advertisements

1 COMMENT

  1. އަސްލު އަދި ކިރިޔާ ޤައުމީ އިނާމު ޙައްޤު ތިޔަވީ މާކުރިން އިނާޟު ދެވުނީތާ ތިޔަކަހަލަ މުޖުރިމުންނަށް ކޮންމެހެންވެސް އިނާމުދީ އެމީހުންނަކީ މާ މުހިންމު ބައެއެްކަމުގަ ބަލައިގަންނަންޖެހޭ އެހެންވީމަ ފުލުހުންވެސް ވަނަވަރު ހާމަ ނުކުރީ ވަކި ބަޔަކުގެ ވަނަވަރު ހާމަކުރަނެޖެހޭނީ ކަޅު ފޮއްޓާ ކަޅު ދަބަހާ އަތުލިޔުމުގެ ސިޓީތަކާ ފެންނާނީ ވަކި މައްސަލަތަކެއްގަ

Comments are closed.