އެއްއަހަރަށް ޖަލަށްލައި މިލިޔަނުން ޖޫރިމަނާކުރަން އިމިގްރޭޝަން ބިލަށް އިސްލާހް ހުށަހަޅައިފި

0

އެއްއަހަރަށް ޖަލަށްލައި ފަންސާސްހާސް ރުފާއާއި އެއްމިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުށަހަޅައި ބިދޭސީން ފިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް، އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިސްލާހް މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

Advertisement

މި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ހުށަހެޅުއްވި ބިލެކެވެ.

މި ބިލު ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ ސަބަބުން އިޤްދިސާދީ ގޮތުންނާއި މާލީ ގޮތުންނާއި މަސައްކަތްތެރިކަމުގެ ގޮތުން ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި ގޮތްގޮތުން މާ ނުރައްކާތެރި ކަންތައްތަކެއް އެކަމުގެ ސަބުން ރާއްޖޭގައި ހިނގައިފާނެ ކަމަށް ވިދާޅުވެ މޫސަ ވަނީ އެފަދަ ބައެއް ކަންތައްތައް ހާމަކުރައްވައިފަ އެވެ.

މި ބިލުގައިވާގޮތުން “ވޯކް ވިސާއެއްގައި ރާއްޖެ އެތެރެވެފައިހުރި މީހަކު، އެ ބިދޭސީ މީހާ ދިވެހި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި، އެ ބިދޭސީ މީހާ ދިވެހި ރާއްޖެއަށްގެނައި ފަރާތުގެ އިޒުނަނެތި، އެހެން ފަރާތަކަށް ގެންދިއުން ނުވަތަ ބަދަލު ކުރުން ނުވަތަ އެފަދަ ކަމަކަށް ގަސްތުގައި މަގުފަހި ކުށެކެވެ.

މި ބިލުގައި ކަނޑައަޅާފައިވާ ކުށެއް ކޮށްފިނަމަ އެއް އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ފަސްލައްކަ ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، އަދަބެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

މި ބިލުގައި ރީކޯ މޫސަ ވިދާޅުވެފައިވަނީ، ޤަވާއިދާޚިލާފަށް އުޅޭ ބިދޭސީން ގިނަ ވުމަކީ، ދިވެހި ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. މިފަދަ މީހުންގެ ސަބަބުން ދިވެހިންނަށް މަސައްކަތުގެ އެތައް ފުރުސަތެއް ގެއްލި، މަސައްކަތުގެ އަގާއި ކޮލިޓީ ވަނީ ދަށްވެފައި ކަމަށެވެ. އަދި އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް އެތައް ޚަރަދެއް ކުރުމަށްފަހު ރާއްޖެއަށް ބިދޭސީން ގެނައުމަށްފަހު، އެމީހުން ފިލުމުގެ ސަބަބުން، ބިދޭސީމީހާ ގެނައި ކުންފުނިތަކަށް އަގު ނުކުރެވޭފަދަ މާލީ ގެއްލުންތައް ވާކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ވީމާ މި ބިލަކީ، މިކަމުގެ ސަބަބުން ދިވެހި ރާއްޖެއަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ލިބެމުންދާ ގެއްލުންތައް ހުއްޓުވުމުގެ މަގުސަދުގައި ހުށަހެޅި ބިލެއް ކަމަށް މޫސަ ވިދާޅުވެފައިވެ އެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here