އެމެރިކާއިން ވަނީ މިދިޔަ ދުވަސްތަކުގައި ޗައިނާގެ ބެލޫން، ވައިހަންތަކުން އެމެރިކާގެ ގައުމީ ސަލާމަތަށް ކުރަމުންދާ ނުރައްކަލާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެމެރިކާގެ މީޑިއާއިންވެސް ވަނީ މެދުނުކެނޑި 24 ގަޑިއިރު ވަންދެން، އަދަރާދަ ގޮނޑި މުހައްލިލުން ސްޓޫޑިއޯއަށް ގެނަސްގެން ތަހުލީލުތައް އިއްވައި ހަދާފައެވެ.

އެމެރިކާގެ ސަރުކާރަށް ތަބާވާ އެމެރިކާގެ އަމިއްލަ މިޑިއާއިން ކޮށްފައިވާ މަސައްކަތަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވި އަސްލު އެހެން ނުރައްކަލެއް މަތިޖެހުމަށް ކުރި މަސައްކަތެކެވެ.

ފާއިތުވި ދުވަސްތަކުގައި މުހިންމު ދެ ހާދިސާއެއް ނިއުޅިފައި އެމެރިކާ ރައްޔިތުންނަށް ސިއްރު ކުރެވިފައި ވެއެވެ.

އެމެރިކާގައި ދިމާވި މިނީ ޗެރްނޯބެލްގެ ހާދިސާކަމަށް ބުނާ ހާދިސާއާއި އެމެރިކާ ސަރުކާރުން ހިންގާފައިވާ ޓެރަރިސްޓް އަމަލުގެ ވާހަކަ ވަނީ ރައްޔިތުންނަށް ސިއްރުކޮށްފައެވެ. އާނއެކެވެ! ސަރުކާރެއްގެ ޓެރަރިސްޓް އަމަލެއްގެ ވާހަކައެކެވެ.

ގުޅުން ހުރި ލިޔުން:

ރޭލެއް ބަންޑުން ޖަހާލުމުން އިރުމަތީ ފަލަސްތީނުގަައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް

އޮހާޔޯގެ އިރުމަތީ ފަލަސްތީނުގައި ރޭލު ބަންޑުން ޖަލާހައިގެން ގޮވި ގޮވުން އެމެރިކާގެ މީޑިއާއިން ވަނީ ކުރުގޮތަކަށް ގެނަސްދީފައި ތަފްސީލުތައް ސިއްރުކޮށްފައެވެ. އެ ރޭލަކީ ގިނަ އަދަދަކަށް ކެމިކަލް ހިފައިގެން ދަތުރުކުރި ރޭލެކެވެ. އެހާދިސާއިން ލިބިފައިވާ ގެއްލުމަކީ މީޑިއާއިން ގެނަސްދީފައިވާ ތަފްސީލަށް ވުރެން މާ ބޮޑު މާގިނަ ދުވަހަށް ދެމިއޮންނަ ގެއްލުމެކެވެ. ސިފަކުރެވޭ ގޮތުގައި އެއީ ނިއުކްލިއަރ ރިއެކްޓަރެއް ގޮވައިގެން މެދުވެރި ޗެރްނޮބެލްގެ ހާދިސާއާ އެއްވަރުގެ ހާދިސާއެކެވެ. އިރުމަތީ ފަލަސްތީނުގެ ހާދިސާއަކީ ސަރުކާރު މެދުވެރިވެގެން މަތި ޖަހާފައިވާ ހާދިސާއެކެވެ. ޗައިނާގެ ވައިހަމުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ބޮޑު ކަމަށް ދައްކައިގެން ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވީއެވެ.

ދެވަނަ ހާދިސާއަކީ އެމެރިކާ ސަރުކާރަށް ތުހުމަތު ކުރެވޭ ޓެރަރިސްޓް އަމަލެކެވެ. ނޯޑްސްޓްރީމް ޕައިޕްލައިނަކީ، ރަޝިޔާގެ ގޭސް ޖަރުމަންވިލާތަށް ފޮނުވުމަށް ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ދެ ހޮޅީގެ ހޮޅި ލައިނެކެވެ. އެމެރިކާއާއި ނޯވޭގެ ޖާސޫސީ އިދާރާ ބައިވެރިވެގެން ޑައިވަރުން ވަނީ އެ ހޮޅި ލައިނު ތިން ދިމާއަކުން ގޮއްވާލާފައެވެ.

އިންވެސްޓިގޭޓިވް ރިޕޯޓްތައް ގެނަސްދިނުމުގައި ރަން ވަނަ ހޯދާފައިވާ އެމެރިކާގެ ސޭމޯރ ހަރޝް ނޫސްވެރިޔާ އެމެރިކާ ސަރުކާރަށް މި ޓެރަރިސްޓް އަމަލު ނިސްބަތް ކުރުމުގެ ކުރިން، ރަޝިޔާއިން ވަނީ އެގޮއްވުމުގައި އެމެރިކާ ސަރުކާރުގެ އަތެއް ވާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ކްރެމްލިންއާ ގުޅުން އޮންނަ ނޫހެއްކަމަށް ބުނެ އާރްޓީގެ އަގުވައްޓާލާފައި ވުމުން ސީއެންއެންއިން ގެނަސްދޭ ސަރުކާރުގެ ޚަބަރު ގަބޫލު ކުރުން މަޖުބޫރު ވެފައިވެއެވެ.

ހަރޝްގެ އިންވެސްޓިގޭޓިވް ރިޕޯޓްގައި ބުނެފައި ވަނީ ނޯރޑްސްޓްރީމް ހޮޅިލައިން ގޮއްވާލުމުގެ ޓެރަރިސްޓް އަމަލު ރޭވުމާއި ތަންފީޒު ކުރުމުގައި ބައިވެރިވި ފަރާތަކުން އޭނާއަށް އެ ޖަރީމާ ރާވައިގެން ހިންގާލި ގޮތް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށެވެ. މި ހޮޅިލައިން ގޮއްވާލުމަށް ހުއްދަ ދީފައި ވަނީ އެމެރިކާގެ ރައީސް ބައިޑެން ކަމަށް އެ މަސްދަރުން ހަރޝްއަށް ކިޔައި ދީފައި ވެއެވެ.

ނޯޑްސްޓްރީމް ޕައިޕްލައިން އަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ވަރުގެ ދިގު ރާސްތާއެއްގައި ކަނޑުއަޑިން އަޅާފައިވާ ހޮޅި ލައިނެކެވެ. ބައިޑެންއަކީ އެ ހޮޅިލައިން އެޅުމާ ދެކޮޅުވެރި ބޭފުޅެކެވެ. އެއިން އެމެރިކާގެ ވިޔަފާރިއަށް ގެއްލުންވާ ކަމަށް އެމެރިކާގެ އިސްވިޔަފާރި ސިޔާސީ ވެރިން ދެކެއެވެ.

މި ހޮޅިލައިން ގޮއްވާލުމުގެ ކުރިން، މިދިޔަ އަހަރުގެ ޖޫން މަހު ނޭޓޯ ސިފައިން، އެހިސާބުގައި ބޯލްޓޮޕްސް22ގެ ނަމުން ކަނޑުގައި އަސްކަރީ ތަމްރީނެއްވެސް ބާއްވާފައި ވެއެވެ.

ސުއާލަކީ، އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވެގެން މީޑިއާއިން 24 ގަޑި އިރުވަންދެން ގެނެސްދޭންވީ ވައިގެ ތެރޭގައި މިސައިލަކުން ގޮއްވާލުމުން ކޮންޑަމެއްގެ ސިފައަށް ބަދަލުވެގެން ދިޔަ ވައިހަމެއްގެ ވާހަކަ އެކަނި ހެއްޔެވެ؟