ސްޓޭޓް މިނިސްޓަރ ކަން ތިންބޭފުޅަކަށް ދެއްވައިފި

0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ތިން ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް، ފުވައްމުލަކު މާދަޑު، ވެށި، ޑޮކްޓަރ ޢަބްދުﷲ ރަޝީދު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަންގެ މަޤާމަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ނައިލޯނުގެ، މުޙައްމަދު ހާޝިމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓްގެ މަޤާމަށް އައްޑުއޮތޮޅު ހިތަދޫ ރަށްދެބައިގެ، ޑޮކްޓަރ ޢަބްދުﷲ ނަޞީރެވެ.

ރައީސުލްޖުމްހޫރިއްޔާ މި 3 ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here