ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވައި ކުރިއަށް ގެންދިޔައީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓަރ ސޭލްސް، ޓަރުން ޖައިން އަދި ހިޓާޗީ ހޯމް އެޕްލައަންސްގެ ހެޑް އޮފް ސޭލްސް ޑެނިސް ޗުއާން އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފް ކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗަރ ތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަ މެޝިނާއި، މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒަރ ހިމެނެއެވެ.

އަލަށް އެސްޓީއޯއިން ތައާރަފް ކުރެވުނު ހިޓާޗީގެ އުފެއްދުންތަކުގެ މައުލޫމާތު ދެއްވީ ހިޓާޗީ ހޯމް އެޕްލައަންސްގެ ހެޑް އޮފް ސޭލްސް މިސްޓަރ ޑެނިސް ޗުއާން އެވެ.

ރޭގައި ތައާރަފް ކުރެވުނު އުފެއްދުންތަކުގެ ތެރޭގައި އިސްތިރި ކުރެވޭނެހެން ރޫ ފިލުވާލުމާއެކު ދޮވެ ހިއްކަދޭ ފްރޮންޓް ލޯޑިން ހިޓާޗީ ދޮންނަމެޝިނާއި އަތަށް ފަސޭހަ، ގެންގުޅެން ރައްކާތެރި ކޯޑްލެސް ސްޓިކް ޓައިޕް ހިޓާޗީ ވެކިއުމް ކްލީނާރ އަދި ނުހަނު އަމާންކަމާއެކު ފިނިކޮށް، ތާޒާކަންމަތީ ބޭނުންކުރާ ތަކެތި ރައްކާ ކޮށްލަދޭ އައިސްއަލަމާރި ފާހަގަ ކުރެވިގެން ދިޔައެވެ.

އަދިވެސް މައިކްރޯވޭވް އަވަނާއި ޗެސްޓް ފްރީޒާ ހިމެނޭއިރު އެންމެ ހާއްސަ އެކައްޗަކީ ދިވެހިންގެ މާހައުލަށް ހަމަ އެންމެ މުހިންމު އެއަރކޮންޑިޝަނާރ އެވެ. މި އޭސީގައި ސްމާޓް ފޯނުން ކޮންޓްރޯލް ކުރެވޭއިރު ގެއިން ބޭރަށް ނުކުންނައިރު ހަނދާން ނެތިގެން އޭސީ ނިވާނުލާ ދެވުނަސް އަވަހަށް ނިވާލެވޭނެހެން ފޯނުން މަސައްކަތް ކުރެވޭނެއެވެ.