ރައީސް ނަޝީދު މައްޗަންގޮޅި މެދުދާއިރާއަށް ކުރިމަތި ލައްވައި ކެމްޕޭން ފަށްޓަވައިފި

0

އަންނަ އަހަރު މާރިޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އެންޑީޕީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.

އެމަނިކުފާނު ކުރިމަތި ލެއްވީ އަލަށް އުފެއްދި އިންތިޚާބީ ދާއިރާއެއް ކަމަށްވާ މައްޗަށްގޮޅީ މެދުދާއިރާއަށެވެ. އެދާއިރާއަށް ކުރިމަތި ލައްވައި އެމަނިކުފާނު މިރޭ ވަނީ ކެމްޕޭން ފަށްޓަވައިފިއެވެ. އެމަނިކުފާނު ކެމްޕޭން ފަށްޓަވައިފައިވަނީ މައްޗަންގޮޅީ ކާމިނީ މަގުގައި މިހާރު ކުރިއަށްދާ ރަސްމއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް 1999 ވަނަ އަހަރު ކާމިޔާބު ކުރައްވައިފައެވެ. އޭރު މާލެއަށް އިންތިޚާބު ކުރައްވަނީ ދެ މެމްބަރުންނެވެ. އެފަހަރު އެމަނިކުފާނުގެ ގޮނޑި ގެއްލުނީ ވައްކަމުގެ މައްސަލައެއްގައެވެ.

Advertisement

ރާއްޖޭގެ ވެރިކަން ކުރައްވައިފައިވާ ބޭފުޅަކި މިނޫނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވައިފައެއް ނުވެއެވެ. މިރޭ ބޭއްވި ކެމްޕޭން ޙަރަކާތުގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިފަހަރު ކުރިމަތިލެއްވީ ވަރަށް ފޮނި އުންމީދާއެކު ކަމަށެވެ. އެމަނިކުފާނު އުންމީދު ކުރައްވަނީ ރައްޔިތުންނަށް އުފާވެރި ފާގަތި މުސްތަގުބަލެއް ހޯއްދަވައި ދެއްވަންކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން އެމަނިކުފާނަށް އެއްވެސް ގޯހެއް ހެއްދެވިފައިވާ ކަމަށްވާނަމަ ރައްޔިތުންގެ ކުރިމައްޗަށް ވޯޓު ހޯއްދަވަން ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހަށް ކުރިމަތި ލެއްވީ އެހެން ޤައުމިއްޔަތެއް ބިނާކުރައްވަން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝޯދު މިރޭ ވިދާޅުވީ ސަރުކާރު ވެއްޓުމުގެ ހިތި ރަހަވަރަށްބޮޑަށް އެމަނިކުފާނަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ވެއްޓާލުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisements