ކައުންސިލްތަކަށް ބާރުދިނީ މޮހަނަށް އޮޑި ދޭ އުސޫލުން: ފުވައްމުލަކު މޭޔަރ

0

ސިޓީ ކައުންސިލްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސަރުކާރުން ބާރު ދީފައިވަނީ މޮހޮނަށް އޮޑި ދޭއުސޫލުން ކަމަށް ފުވައްމުލަކު ސިޓީ މޭޔަރުު އަހުމަދް ޝަަރީީފްް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ބުނެފައިވަނީ މިރޭގެ ވަގުތެއްގައި ކުރި ޓުވީޓެއްގައެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އިދާރި ތަންތަން ހިންގުމުގެ ބާާރުު ސިޓީ ކައުންސިލްތަކަށް ދީފައިވަނީ ވަޒީރުންގެ މަޖިލީހުން މިއަދުގެެ ވަގުތެއްގައެެެވެެ.

Advertisement

ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރުމުގައި، އެ ވުޒާރާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްް މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ކެބިނެޓްގެ މިނިންމުމާއެކު ސިޓީ ކައުންސިލްތަކަށް ލިބިގެންދާނެެ ބާރުތަކަކީ:

1- އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި

2- ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި،

3- އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން

4- އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި،

5- ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުމާއި

6- ރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން

 

Advertisements