ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ފުލުންގެ މައި އިދާރާއަށް ހަނގުރާމަވެރިން ދިން ޓެރަރިސްޓް ހަމަލާއެއްގައި 4 މީހުން މަރާލައި 14 މީހުން މިއަދު ޒަހަމް ކޮށްލައިފިއެވެ.

މިހަމަލާގައި މަރުވެފައި ވަނީ 2 ފުލުހުންނާއި އާންމުންގެ 2 މީހުންނެވެ.

ހަނގުރާމަވެރިން ޕޮލިސްޓް ހެޑްކުއާޓަރަށް ހަމަލާ ދީފައި ވަނީ އަތު ބޮމުންނާއި ބަޑިން ކަމަށް މަންޒަރު ދުށް މީހުން "ސީއެންއެން" އަށް ވަނީ ކިޔައި ދީފައެވެ. މިހަމަލާގެ ޒިއްމާ ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ ގޮތްޕެއް ކަމުގައިވާ ތަހްރީކޭއިން މިހާރު ވަނީ އުފުލާފައެވެ.

ޕޮލިސް ހެޑްކުއާޓާޒް ހުންނަ ކަރާޗީގެ ސިންދް ޕްރޮވިންސްގެ ޗީފް މިނިސްޓަރ މުރާދު އަލީ ވިދާޅުވީ މިހަލާ ދިނީ 3 ހަނގުރާމަވެރިން ކަމަށާއި ފުލުހުންގެ ހަމަލާތަކުގައި މިތިން ހަނގުރާމަވެރިންވެސް މަރާލެވިފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

"ހަމަލާ ނާކާމިޔާބު ކޮށްލުމަށް ފުލުހުން ދެއްކި ކެރުމާއި ހިތްވަަރަށް ތައުރީފް ހައްގު" މުރާދު ވިދާޅުވިއެވެ.