އެމްޓީސީސީ އިން ކުރިއަށްގެންދާ އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބިންހިއްކުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ވިދާޅުވެއެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުން ދާ މަސައްކަތްތަކަކީ، 24,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 430 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމެވެ.

އަދި 7,171 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 21.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.