ތިމާވެއްޓަށް ގެއްލުން ވަމުންދާތީ، ދަރާއި އަދި ލަކުޑި ބޭރުކުރުން މަނާކޮށްފައިި ވަނިކޮށް އަނެއްކާވެސް އެކަން ކުރުމުގެ ހުއްދަދޭން ފުވައްމުލަކު ކައުންސިލުން މަސައްކަތްކުރަނީ

9

ފުވައްމުލަކު ތިމާވެއްޓަށް ގެއްލުންވަމުންދާ ކަމަށް ބުނެ، މީގެެ ކުރިން ރަށުން ދަރާއި ލަކުޑި ބޭރުކުރުން ކައުންސިލުން މަނާކޮށްފައިވަނިކޮށް، އަނެއްކާވެސް އެކަން ކުރުމުގެ ހުއްދަަށް ދިނުމަށް ކައުންސިލުން މަސައްކަތް ކުރާކަމަށް ބުނެ އަޑުތަށް ފެތުރެން ފަށައިފިއެވެ.

Advertisement

ފުވައްމުލަކުންް ވާހަކަދެއްކި މީހަކު ބުނެފައިވަނީ، އެރަށުން ގަސްކަޑައިދިނުމުގެ ހިދުމަތްދޭ ފަރާތްތަކުން އެމީހުނަށް އާމްދަަނީ ނުލިބޭ ކަމަށް ބުނެ ކައުންސިލަށް ޝަަކުވާ ކުރުމުން ކައުންސިލްގެެ ނިންމުން ބަދަލުކޮށް ރަށުން ދަރާއި ލަކުޑި ބޭރުކުރުމުގެ ހުއްދަށް އަލުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުވައްމުލަކުު ސިޓީގެ ކައުންސިލުންް މީގެ ކުރިން އެރަށުން ދަރާއި ލަކުޑި ބޭރު ކުރުން މަނާކޮށް ބުނެފައިވަނީ، ފުވުއްމުލަކުން ގިނަ އަދަދެއްގެ ގަސްކަޑާ ލަަކުޑި އަދި ދަރުގެ ގޮތުގައި ރަށުން ބޭރުކުރަމުން ދިޔުމުގެ ސަބަބުން ރަށުގެ ގުދުރަތީ ވެށި ހަލާކުވަމުންދާ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނެފައިވަނީ، ފާއިތުވިި 10 ވަރަކަށް އަހަރުތެރޭ އެރަށު ހިންގުނު ތަރައްގީގެ އެެކިި މަޝްރޫއުތަކަށް ގިނަ އަދަދަކަށް ރުށްގަސްް ކަޑާފައިވާާ ކަމަށެވެ. އަދި އަލުން އެރުށްގަސްް އިއާދަަ ކުރުމަށް ރަށުން ދަރު އަދިި ލަކުޑި ބޭރު ކުރުން މަނާ ކަމެއްގެ ގޮތުގައި ކަޑައަޅަންް ޖެހޭ ކަމަށެވެ.

ފުވައްމުލަކު ބިޔަ ބޮޑެތި ގަސްތަށް ވިއްކާ ހުސްކޮށްލަނީ، އީޕީއޭ ހަނު

ފުވައްމުލަކު މީގެ ކުރިން ވާހަކަދެއްކި ފަރާތަކުން ބުނެފައިވަނީ، ގަސްތަކަށް ބަލިޖެހިއްޖެ ކަމަށް ބުނެ އޮޅުވާލައި ހަގީގަތުގައި އެގަސްތަށް ކަޑައި ރަށުން ބޭރު ފަރާތްތަކަށް ވިއްކަމުންދާ ކަމަށެވެ. މީގެ އިތުރުން ފުވައްމުލަކު ޗަސްބިން ބަރަންވެސް ފުވައްމުލަކަށް ނިސްބަތްވާ ނުފޫޒު ގަދަ ސިޔާސީ ބޭފުޅަކާ ގުޅިގެން އެރަށު މީހަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ގިނަ އަދަދަކަށް ފުނަ ގަސްް، ދަނބު ގަސް އަދި އަނބު ގަސް ހުރިި ފުވައްމުލަކުގައި މިހާރު ހުރި މިބާވަތުގެ މަދު ގަސްތަކެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. ފުވައްމުލަކުންް އަނބު ހުސްވެދާނެ ކަމުގެ ބިރުވެސް މިހާާރު ވަނީ ބޮޑުވެފައެވެ.

ފުވައްމުލަކު މަގުތަށް ޒަމާނީ ފެންވަރަކަށް ހެދުމަށޭ ކިޔައި ފާއިތުވި ސަރުކާރުން ވަނީ އެރަށުގެ މަގުގެ ދެފަރާތުގައި ހެދިފައިވާ ގަސްތަށް ނަގާފައެވެ. ތަރައްގީ އަަށްޓަކައި އެގަސްތަށް ގުރުބާންް ކޮށް ރަށުގެ ފެހިކަން ގެއްލުވާލާާާާާާާާާާފައެވެ. މިމައްސަލައިގައި އީޕީއޭ އިިން ވަނީ ހައުސިން މިނިސްޓްރީ 60000 ރުފިޔާއިން ޖުރިމައިނާ ކޮށްފައެވެ.

މިމައްސަލައިގައި އީޕީއޭ އިން ބުނެފައިވަނީ، ގަސްތަށް ނަގާލާފައިވަނާ ތިމާވެއްޓަަށްް ގެއްލުންް ވާ ގޮތަށް ކަމަށެވެ. ގަސްތަށް ކަޑާލަންް އުޅުމުން އެރަށު ރައްޔިތުންވަނީ އެކަން އީޕީއޭގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އީޕީއޭ ފިޔަވަޅު އެޅިއިރު ވާނެ ގެއްލުމެއް ހުރީީ ވެފައެވެ

Advertisements

9 COMMENTS

  1. ބަޔަކަށް އާމްދަަނީ ލިބޭތޯ ނޫންތޯ ވުރެ ބޮޑަށް ގުދުރަތީވެށި ހިމާޔަތް ކުރަންް މަސައްކަތް ކުރަން ޖެހޭ ކައުންސިލުން

  2. ތި ގަސްތަށު ކަަޑާާ އެކަމުން އާމްދަަނީީ ހޯދާ މީހުންނަކީ ވަރަށް ދަށުދަރަޖްއިގެ ބައެއް ކަމަށް ކަޑައަޅަން

  3. ފުވައްމުލަކު ކައުންސިލުން ތިކަމާ ވޯޓެއް ނަގައި، މެޖޯރިޓީ ދާކޮޅަކަށް ނިންމުން ނިންމަންް ފެނޭ

  4. އޭގުދުރަތީ ވެށީގެ ދުށްމަނުންނޭ، ތިއަނިޔާ ދެވެނީ ހުދު ތިމާގެ ރަހުމަތްް ތެރިންނާ އާއިލާގެ މީހުނަށް

  5. ލިޔުމުގައި އެވާ ގަސްތަކަކީ އެރުށުން ނެތިހިގައިދާނެ ކަމުގެ ބިރު ހީވޭ ގަސްތަކެއް ނަމަ ކައުންސިލުންް އަލުން ހުއްދަށް ދީގެން ނުވާނެ

  6. ގަސްތަށް ކަޑާ މީހުނޭ ހަމަ ތިޔަ މީހުން ދިިރި ހުންނަން ބޭނުންވާނަމަ ގަސްތަަށް ކަޑާނުލާ، އެހެނީ އެންމެ ގަހަކުން ހަތަރު މީހުނަށް ބޭނުންވާ އޮކްސިޖަންް ފޯރުވައިދޭ

  7. ޒިންމާދާރު ކައުންސިލެއް ނަމަ ތިކަންް ތިހެން ކުރުމުގެ ހުއްދަށް އަލުން ނުދޭނެ

  8. އާމްދަނީ އަށްވުރެ ގުދުރަތީވެށި މުހިންމު، އެގަސްތަގަކީ އަހަރުމެންނަށް އޮކްސިޖަންް ފޯރުކޮށްދޭ ފަރާތް

LEAVE A REPLY

Please enter your comment!
Please enter your name here