ރާއްޖޭގެ ރިސޯޓެއްކަމަށްވާ "ރީތިފަރު ރިސޯޓު"ގެ ހަގީގީ ވާރިސުންނަކީ ކޮންބައެއްކަން ހާމަކޮށްދިނުމުގެ ގޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން ނޫސްބަޔާނެއް ނެެރެފިއެވެ. ޑރ. ވިރިންދަރު ކުމާރުގެ އާއިލާގެ ގާނޫނީ ވަކީލު އޮންކާރު ރޯއީ އިންޑިޔާގެ ސުޕްރީމް ކޯޓު މެދުވެރިކޮށް ނެރެފައިވާ މި ނޫސްބަޔާނުގައި ބުނާ ގޮތުން ރީތިފަރު ރިސޯޓުގެ ހަގީގީ ވާރިސުންނަކީ މަރުހޫމު ޑރ. ވިރިންދަރު ކުމާރުގެ އަނބިމީހާ އާއި ދެ އަންހެންދަރިންނެވެ.

މި ނޫސްބަޔާން ނެރެފައި މިވަނީ ކޮވިޑުގައި ޑރ ވިރިންދަރު ކުމާރު ނިޔާވުމާ ގުޅިގެން އެ މަރުހޫމުގެ ވާރުތައިގައިވާ ކުންފުނިތަކުގެ ވާރިސުން ކަށަވަރު ނުވާ ކަހަލަ އެއްވެސް ކަމެއް މެދުވެރި ވެދާނެތީ ރާއްޖޭގެ ހުރިހާ ދިވެހިންނަށްވެސް މަރުހޫމު ޑރ ވިރިންދަރު ކުމާރުގެ ގާނޫނީ ގޮތުން ހައްގު ލިބޭ ހަގީގީ ވާރިސުން އަންގައި ދިނުމުގެ ގޮތުންނެވެ.

އިންޑިޔާގެ ސުޕްރީމްކޯޓުން ނެރެފައިވާ ނޫސްބަޔާން

މި ނޫސްބަޔާނުގައި ވަކީލު އޮންކާރު ރޯއީ ބުނެފައިވާ ގޮތުގައި އޭނާގެ ކުލައިންޓުން، މަރުހޫމު ޑރ ވިރިންދަރު ކުމާރުގެ އަނބިމީހާ މިސިޒް ނަމީތާ ނަޔަކް ޗޯޕްރާ އާއި އެ ދެމަފިރިންގެ ދެ އަންހެން ދަރިން ކަމަށްވާ މިސް އޭ. ޗޯޕްރާ އާއި މިސް އެސް.ޗޯޕްރާ އަކީ މަރުހޫމު ޑރ ވިރިންދުރަ ކުމާރުގެ ހުރިހާ ގޮތަކުން ވެސް ހައްގު ކަށަވަރު ވެގެންވާ ގާނޫނީ ހުރިހާ ބާރެއް ލިބިގެންވާ ވާރިސުން ކަމަށެވެ.

އެހެންކަމުން މަރުހޫމު ޑރ. ވިރިންދުރަ ކުމާރުގެ ހިއްސާ ހިމެނޭ މަހޯގަނީ ޕްރައިވެޓް ލިމިޓެޑް، އެބޯނީ ޕްރައިވެޓް ލިމިޓެޑް، ފަސްޓް މެޓްރޯ އޯވާސީސް ލިމިޓެޑްގެ ހަގީގީ ވާރިސުން ވާނީ ރީތިފަރު ރިސޯޓުގެވެސް ހުރިހާ ހައްގެއް ގާނޫނީ ގޮތުން ކަށަވަރުވާ ވާރިސުން ކަމަށެވެ.