ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބެލްޖިއަމްގެ އާސަފީރާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ. މި ބައްދަލުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުވުމުގައި ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑިޑިއަރ ވެންޑަރހެސްލްޓް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިޢާދަކުރަނިވި ހަކަތައާއި، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވެވި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ، އާ ސަފީރުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެން، ކުރިޔަށް އޮތް މުސްތަޤުބަލުގައިވެސް އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅު ކުރައްވާފައެވެ.