ގދ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. ޖޭއެސްސީންް އެމަގާމަށް އައްޔަން ކުރައްވައިފައިވަނީ ލ. މާމެެންދޫ، ގްރޭލައިޓް، އަލްއުސްތާޛު މުޙައްމަދު ފަޒީޙެވެ.

ޖޭއެސްސީން ވިދާޅުވީ، އަލްއުސްތާޛު މުޙައްމަދު ފަޒީޙު އެ މަޤާމަށް އައްޔަން ކޮށްފައިވަނީ ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން 2022 އޮގަސްޓް 22 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާތީ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއިން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ ހާސިލްކުރައްވައިގެން ހުންނެވި އަލްއުސްތާޛު މުޙައްމަދު ފަޒީހު މިވަގުތު ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ގދ. ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގައެވެ. ފަނޑިޔާރުކަމުގެ ހުވައި އޭނާ ކުރެއްވުމަށް ހަމަޖެހިފައި މި ހިނގާ މާރިޗުމަހު 13 ވަނަ ދުވަހުއެވެ.