ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވިދާޅުވެެއްޖެއެވެ. އަދި މީގެއިތުރުން، ސަބްގްރޭޑް، ސަބްބޭސް، އަދި ތާރު އެޅުމުގެ މަސައްކަތުގެ 94 ޕަސެންޓް މިހާރު ވަނީ ނިމިފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ،

މި މަޝްރޫއުގެ ދަށުން:

  • 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުން
  • 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުން
  • 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • ، ފެންހިންދާ ނިޒާމެއް ޤާއިމުކުރުން
  • އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭއެވެ

ސަރުކާރުން ހިނގާ މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ