އުންމީދު ކުރައްވަނީ ޤައުމު ބިނާކުރުމުގެ މަސައްކަތްތުގައި އަންހެނުން އަވަދިނެތު އުޅޭތަން ދުށުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މިއަދު ކުރެއްވި ޚާއްސަ ޓުވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު އުންމީދު ކުރައްވަނީ އަންހެނުންނަށް ހަމަހަމަ އިޙްތިރާމާއި ފުރުޞަތު ލިބުން ކަމަށެވެ. އެއާއެކު ޤައުމު ބިނާކުރުމުގެ މަސައްކަތުގައި އެކަނބަލުން އަވަދިނެތި އުޅުއްވާތަން ދުށުން ކަމަށެވެ.

"ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހު އަޅުގަނޑުގެ އުންމީދަކީ އަންހެނުންނަށް ހަމަހަމަ އިޙްތިރާމާއި ފުރުޞަތު ލިބިއްޖެކަމުގެ ފުރިހަމަ އިޙްސާސު ގައި ޤައުމު ބިނާކުރުމުގެ މަސައްކަތުގައި އެކަނބަލުން އަވަދިނެތި އުޅުއްވާ ދުވަހެއް ފެނިގެން ދިޔުމެވެ،" ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫނަކީ 30 އަހަރު ވަންދެން ކުރެއްވި ވެރިކަމުގައި އަންހެނުން ބާރުވެރި ކުރެއްވުމަށް ގިނަމަސައްކަތްތަކެެއްކުރައްވާފައިވާ ބޭފުޅެކެވެ.