ހެންވޭރު އުނިމާ ގްރޭންޑް ހޮޓެލްއާ އިންވެގެން ހުރި އެސްޕީވިލާ 5 ވަނަ ފަންގިފިލާއިން 4 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓި ރޭ މަރުވެއްޖެއެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެކުއްޖާ މަރުވީ އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު 2 ޖަހާކަން ހާއިރު ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ބެލްކަނިން ކުއްޖާ ވެއްޓުނު މައްްސަލަ ފުލުހުން މިހާރު އަންނަނީ ތަހްގީގު ކުރަމުންނެވެ.