މި ހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަހު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އާންމުކޮށްފި އެވެ. ފިހާރަތައް މާދަމާއިން ފެށިގެން ހުޅުވާފައި ހުންނަ ގަޑިތައް އިތުރު ވާއިރު ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކެފޭ ރެސްޓޯރަންޓުތައް ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަން ހުޅުވާފައި ހުންނާނީ ހަވީރު ވަކި ގަޑިއަކުން ފެށިގެންނެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެެއްގައި ރޯދަ މަހު ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ވަނީ އަންގައި ހާމަކޮށްފައެވެ. އެގޮތުން ރޯދަމަހު ކެފޭ ތަކާއި ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓުން ހުއްދަ ކޮށްފައި މިވަނީ ހަވީރު 5:30 އިން މެންދަމު 3 އަށެވެ.

ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3 އަށެވެ.

މީގެ އިތުރުން މާދަމަ އިން ފެށިގެން ފަތިހު 5:30 އިން މެންދަމު :1:00 ޖަހަންދެން ވިޔަފާރި ކުރާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ ގެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

ކަލަންޑަރުގައި ވާ ގޮތުގައި އަދި ފަލަކީ ހިސާބުތައް ބުނާ ގޮތުގައި މި ހިނގާ 2023 ވަނަ އަހަރު އަދި 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އާދެ! މުލަ ރޯދަ ދުވަހަކީ މި ހިނގާ މާރިޗު މަހުގެ 23 ވާ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.