ޖަލު ހުކުމެއް ތަންފީޒު ކުރަައްވަމުން ގެންދަވާ ޕީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމް ދޫކޮށްލުމަށް އެދި ސަރުކާރަށް ގޮވާލައި ރޭ ބޭއްްވި މުޒާހަރާއިން ހައްޔަރުކުރި ބާރަ މީހުންގެ ތެރެއިން 4 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާކޮށް ބާއްވަމުން ގެންދާ މުޒާހަަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާއިން ހައްޔަރު 12 މީހުންގެ ތެރެއިން 8 މީހުން ދޫކޮށްލި ވަގުތެއް ބުނެފައެއް ނުވެއެވެ. އަދި ހައްޔަރުކުރީ ކިތައް އަންހެނުން ކަމެއް އަދި ކިތައް ފިރިހެނުން ކަމެއްވެސް ބުނެފައެއް ނުވެއެވެ.

ރޭގެ މުޒާހަރާގައި ވެސް މައިގަނޑުގޮތަކަށް ގޮވާލައިފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށާއި އެހެން ކަމުުން ވަގުތުން އެމަނިކުފާނު ދޫކޮށްލުމަށެވެ. އަދި އިންޑިއާގެ ބާާރު ރާއްޖެގެ މައްޗަށް ފޯރުވުމުގެ ފުރުސަތު މިސަރުކާރުން ދެމުންގެންދާ ކަމުގެ ތުހުމަތުކޮށް އެކަން އެގޮތަށް ނުކުރުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލައިފައެވެ. ރޭގެ މުޒާހަރާގައި ވެސް ޕީޕީއެމް/ޕީއެންސީގެ ލިޑަރޝިޕްގެ ބޭފުޅުން ބައިވެރިިވެ ވަޑައިގެންފައިވެއެވެ.