މިއަހަރު ބާއްވާ ރިޔާސީއިންތިޚާބުގައި ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރެއްވިޔަސް އެއީ ރިޔާސީއިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް އޮތް ޕްރެޝަރެއް ނޫންްކަމަށް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކެންޑިޑޭޓެއް ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ ޖޭޕީ އިސްވެއޮވެގެން ރިޔާސި އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އެހެންނަމަވެސް އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު އަދި ކަނޑައަޅާފައެއް ނުވެއެވެ. ކެންޑިޑޭޓު ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީއަކުންނެވެ. ވަަރަށް އަވަހަށް ރިޔާސީ ޕްރައިމަރީއެއް ބާއްވާނޭ ކަަމަށް އެޕާޓީން މިއަދު ވަނީ ބުނެފައެވެ.

މީގެ ކުރިން ޖޭޕީގެ ފަރާތުން ރިޔާސީއިންތިޚާބުގައި ވާދަކުރައްވާފައިވަނީ ގާސިމް އިބްރާހީމެވެ. ބެލެވޭ ގޮތުގައި މިފަހަރުވެސް ޖޭޕީން ކުރިމަތިލައްވާނީ ގާސިމް އިބްރާހީމެވެ.