https://www.youtube.com/watch?v=YH60HBPRSj8

ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ މަލަޔާލަމް ފިލްމު "ކްރިސްޓީ" ސިނަމާތަކަށް ނެރުނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަރި އަތޮޅު ދެކުނުބުރީ، (އދ) ދަނގެތީގެ ހިތްފަސޭހަ ކަމާއި ގުދުރަތީ ނަލަކަން ދައްކުވައިދޭ މި ފިލްމަކީ ދަރިވަރަކު އޭނާގެ ޓިއުޝަން މުދައްރިސު، ކްރިސްޓީ ދެކެ ލޯބިވެގެން ހިނގާ ކަންތަައްތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

ފިލްމާމެދު ތަފާތު އެކި ވާހަކަތައް ސޯޝަލް މީޑިޔާގައި ދައްކާފައި ވެއެވެ. ފިލްމުގެ ކޮންސެޕްޓަކީ އާންމު ކަމަކަށްވިޔަސް ނުރަނގަޅު ކަންތައްތަކެއް ފަތުރާފަދަ ކޮންސެޕްޓެއްކަމަށް ގިނަ ފަރާތްތަކުން ވާހަކަ ދައްކާފައިވެއެވެ. އެހެންކަމަށްވިޔަސް މި ފިލްމުގެ އެންމެ މަޝްހޫރު ވެގެން ދިޔަ އެއް ލަވަ "މާލިޕައްޓޫ"ގައި ދަނގެއްޗާއި ރާއްޖޭގެ މަންޒަރުތައް ވަނީ އެތައް ބައެއްގެ މަގުބޫލުކަންވެސް ހޯދާފައެވެ.

ފުރާވަރުގެ ފިރިހެން ދަރިވަރު ރޯއީ (މެތިއު ތޯމަސް) އޭނާގެ ޓިއުޝަން ޓީޗަރު ކްރިސްޓީ (މަލާވިކާ މޯހަނަން) ދެކެ ލޯބިވެގެން އުޅޭއިރު ކްރިސްޓީ ރާއްޖޭގެ ރަށަކަށް ކިޔަވައިދިނުމަށް އަންނަން ޖެހިގެން ގެއްލެނީއެވެ.

ރޯއީ އޭނާ ކޮބައިތޯ ބަލާލާ މަންޒަރު ފެންނަނީ "މާލިޕައްޓު" ލަވައިންނެވެ. އެ ލަވައިގަ ދުނިޔޭގެ ޗާޓުން ރާއްޖެ ހޯދައެވެ. މިލަވައިން ކްރިސްޓީއާއެކު ރާއްޖޭގެ މިރީތިކަން ކަމުދިޔަ ފަރާތްތައްވެސް މަދެއް ނޫނެވެ.