ތޫނުއެއްޗަކުން ހަމަލާ ދިނުުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ ސ. މަރަދޫފޭދޫ، ރަށްދެބައިގޭ އިބްރާހީމް ފައިހު ނިޒާމް ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އެމީހުން ފައިހް ހައްޔަރު ކޮށްގެން އުޅެނީ އޭނާ ހައްޔަރުކުރިޔަ ނުދިނުމަށް ކަމަށެވެ. އެ ފަސް މީހުން ހައްޔަރު ކޮށްފައިވަނީ މާލޭ ސަރަަހައްދުން ރޭގެ ވަގުތެއްގައި ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ. ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ފައިހު ހޯދުމަށް ފުލުހުން އިއުލާން ކުރީ މިދިޔަ ފެބުރުއަރީމަހު ކަމަށެވެ. އެފަހުން އަދި އޭނާ ހޯދިފައި ނުވެއެވެެ. އޭނާ ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަޔަރުކުރި މީހުންގެ ފަރާތުން ވެސް އިތުރު އެއްޗެއް އެނގިފައިވާ ކަމަށް ފުލުހުން އަދި ނުބުނެއެވެ. ފައިހާ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކޮށްދިނުމަށް ފުލުހުން ވަނ އެދިފައެވެ.