މާލެގެ ބައެއް ސަރަހައްދު ތަކުން މިއަދު ކަރަންޓު ކެނޑިދާނޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ ކަރަންޓު ކެނޑޭނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެ މަސައްކަތް މިއަދު މެންދުރު 15:00 އިން 16:30 އަށް ކުރިއަށްދާނޭ ކަމަށެވެ.

އެ ވަގުތުގައި މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް މާފަންނުގެ ޖަވާހިރުމަގާއި، ދަކަދާމަގު، ނަސީމީހިނގުން، މުއިވެޔޮގޯޅި އަދި ގުލްހަޒާރު ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކަރަންޓު ކެނޑުމުން ދިމާވެދާނޭ ދަތިކަމަށްޓަކައި ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދޭ ކަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ.