ކެޕްޓިވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

0

ކެޕްޓިވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ކެޕްޓިވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޟިރުގައި އެފަރާތުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 155,173ރ (އެއް ލައްކަ ފަންސާސް ފަސް ހާސް އެއް ސަތޭކަ ހަތްދިހަ ތިން ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާގެ ފައިސާ 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

Advertisements