މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ އެނާ ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ށ. ފުނަދޫ / ޑޭޒީމާ، އަޙްމަދު އަޝްރަފް (21އ)އެވެ.

ފުލުހުން ވިދާޅުވީ އަޝްރަފް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، އޭނާ ހޯދަން އިއުލާން ކޮށް، ތަހުގީގުގައި މައުލޫމާތު ސާފުކުރުމަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގައިފާއިވާނެ ކަމަށެވެ.

އަޝްރަފް ފުލުހަށް ހާޒިރުވާން އަންފައިވަނީ އޭޕްރީލް 2 ވަނަ ދުވަހުގެ 14:00 އަށެވެ.