ވޯލްޓްޑިޒްނީގެ ޑިޒްނީލޭންޑް އިން ކާޓޫނު ބަލާފައި ތިބި ފަރާތްތަކަށް އަދިވެސް މިހާރުވެސް ބަލާ ފަރާތްތަކަށް މި އޮތީ ރަނގަޅު ހަދިޔާއެކެވެ. އަހަރެމެންގެ ކުޑައިރުގެ މުނިފޫހި ފިލުވައިދިން އެކުވެރިޔާ މިހާރުވެސް ބައެއް ކުދިންގެ ކާޓޫނު ފޭވަރިޓް ކެރެކްޓާ ތަކުގެ އަސްލު އުމުރު އެނގެނީ ކިތައް ފަރާތަށް ހެއްޔެވެ. މިބައިގައި ބަލާލާފައި މިވަނީ ފެއަރީޓޭލްތަކުގެ ޕްރިންސަސްތައް ނުލައެވެ. ދެން އަންނަ ބައިގައި ވޯލްޓްޑިޒްނީގެ ފެއަރީޓޭލްތަކުގެ ވާހަކަތަކުގައި އުޅޭ ޕްރިންސަސްތަކާއި ޕްރިންސްގެ ވާހަކަ ގެނެސްދޭނެއެވެ.

އެންމެ ފުރަތަމަ ވޯލްޓް ޑިޒްނީ އަކީ ކާކުތޯ ބަލާލަމާތޯއެވެ. ބައެއް ފަރާތްތަކަށް ވޯލްޓް ޑިޒްނީއޭ ބުނުމުން އެއީ އުޅޭ މީހެއްކަން ގަބޫލު ނުކުރެއެވެ.

ވޯލްޓަރ އިލިއާސް ޑިޒްނީ އަކީ އެމެރިކާގެ އެނިމޭޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސަރެއްގެ އިތުރުން ވިޔަފާރިވެރިއެކެވެ. އެމެރިކާގެ އެނިމޭޝަން އިންޑަސްޓްރީގެ ފަންނުވެރިއެއް ކަމަށްވާ އޭނާ ވަނީ ކާޓޫން އުފެއްދުމުގައި ގިނަ ތަރައްގީތަކެއް ތައާރަފްކޮށްފަ އެވެ.

  • އުފަންވީ: ޑިސެމްބަރ 5، 1901 ގައި އެމެރިކާގެ އިލިނޮއިސްގެ ހެމްރޯސާގެ ޝިކާގޯއެވެ.
  • މަރުވީ: ޑިސެމްބަރު 15، 1966، ޕްރޮވިޑެންސް ސެއިންޓް ޖޯސެފް މެޑިކަލް ސެންޓަރ، ބާބަންކް، ކެލިފޯނިއާގައެވެ.
  • އަނބިމީހާ: ލިލިއަން ޑިޒްނީ (މ. 1925–1966)
  • ދަރިން: ޑެއަން ޑިޒްނީ މިލާ، ޝެރޯން މޭ ޑިޒްނީ
  • ކާފަދަރިން: ވޯލްޓަރ އިލިއާސް ޑިޒްނީ މިލާ، ކްރިސްޓޮފަރ ޑީ މިލާ، މޯރ

ވޯލްޓް ޑިޒްނީ ކާޓޫނުތަކުގެ އުމުރު

ވޯލްޓްޑިޒްނީގެ ކާޓޫނު ކެރެކްޓާތަކުގެ ފެށުމަކީ މިކީމައުސްއެވެ. މިކީއާއި މިނީގެ ވާހަކައިން ފެށުނު މި ދަތުރުގެ ބައިވެރިންގެ އުމުރަށް ބަލާމާ ހިނގާށެވެ.

ޓޮމް އާއި ޖެރީގެ އުފަން އަހަރަކީ 1940 އެވެ. އެހެންކަމުން މިއަހަރު ޓޮމްއާއި ޖެރީއަށް 83 އަަހަރުވީއެވެ.

ޓުވީޓީ އާއި ސިލްވަސްޓާ އުފަންވީ 1942 ގައެވެ.

އެހެންކަމުން މިއަހަރު 81 އަހަރުވީއެވެ.

ގޫފީގެ އުފަން އަހަރަކީ 1932 އެވެ.

މިއަަހަރު ގޫފީއަށް 91 އަހަރުވީއެވެ.

މިކީ އާއި މިނީ އަކީ އެންމެ އުމުރުން ދުވަސްވީ ޑިޒްނީގެ އުފެއްދުމެވެ. މިނީ އާއި މިކީ އުމުރުން 95 އަހަރުވީއެވެ. މިދެ ކެރެކްޓާ ފުރަތަމަ ފެނުނީ 1928 ގައެވެ.

ޑެފީޑަކް އަށް މިއަހަރު ފުރޭނީ 86 އަހަރެވެ. އެއީ ޑެފީޑަކް އުފަންވީ 1937ގައި ކަމަށްވާތީއެވެ.

ބަގްސް އާއި ލޯލާ ބަނީއަށް މިއޮތީ 85 އަހަރު ފުރިފައެވެ. އުފަންވީ 1938 ގައެވެ.

ދެން މިހިރީ ޑެއިޒީ ޑަކްއެވެ. 1940 ގައި އުފަންވީ ޑެއިޒީ ޑަކްގެ އުމުރަކީ 83 އަހަރެވެ. މިތަސްވީރުތަސް ނެގިފައި މިހިރީ މިއަހަރަކު ނޫނެވެ. އެންމެ ފަހުން ބައްދަލުވެ މިސެލެބްރިޓީންގެ ފޮޓޯ ނެގިފަހުންވެސް މިހާރު 8 އަހަރުވީއެވެ. ފޮޓޯތަކުގައި އެއޮތް އުމުރަކީ 8އަަހަރު ކުރީގެ އުމުރެވެ. 2015 ގައި ނަގާފައިވާ މި ފޮޓޯތަކުން ފެންނަ ކެރެކްޓާތަކުގެ މިއަަހރު ފުރޭ އަސްލު އުމުރު އެވަނީ ގެނެސްދީފައެވެ.

މި ފޮޓޯތަކުން ފެންނަ ކެރެކްޓާތަކަކީ އަދިވެސް އެތައް ފަރާތެއްގެ މުނިފޫހި ފިލުވައިދޭ އެކުވެރިންތަކެކެވެ.