ސްޕެއިން ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލަން ޖެހޭ ދުވަހަކުން ދާން ބޭނުންވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބަކަށް ކަމަށް ކޯޗް ލުއިސް އެންރީކޭ ބުނެފިއެވެ.

އެންރިކޭ ބުނީ އެހެން ލީގްތަކަށް ވުރެ ބޮޑަށް އޭނާ ބަލަނީ އަދި ޝައުގުވެރިވަނީވެސް ޕްރިމިއަރ ލީގަށް ކަމަށެވެ. "އެކަމަކު ޕްރިމިއަރ ލީގުގެ އެއްވެސް ކްލަބަކުން އަދި އަހަންނަށް ހުށަހުޅެއް ލިބުނީކީ ނޫން. ޕްރިމިއަރ ލީގަށް ބަދަލުވިޔަސް އަހަރެން ބަދަލުވާން ބޭނުން ވަނީ އުއްމީދުތައް މާމަތީގައި ނުގެންގުޅޭ ޓީމަކާ" މަޖާޒީ ގޮތަކަށް އެންރީކޭ ބުންޏެވެ.

ބާސެލޯނާއާއެކު ކާމިޔާބު 3 އަަހަރު ހޭދަކުރި އެންރީކޭއަށް ސްޕެއިން ގައުމީ ޓީމުގައި ކާމިޔާބު ނުހޯދޭތީ ޕްރެޝަރު އަންނަނީ ބޮޑުވަމުންނެވެ. ނޭޝަންސް ލީގުގެ ފައިނަލަށްފަހު ސްޕެއިން ގެންގޮސްދިނުމަށްފަހު މިދިޔަ އަހަރުގެ ވަރލްޑް ކަޕުން ސްޕެއިން ކެޓީ ދެވަނަ ބުރުންނެވެ. އަދި މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފިކޭޝަނުގައި އިއްޔެ ރޭ ސްކޮޓްލޭންޑް އަތުން ސްޕެއިން ވަނީ 2-0 އިން ބަލިވެފައެވެ.

އެންރީކޭ ޕްރިމިއަރ ލީގަށް ބަދަލުވާން ހިތްއެދޭ ވާހަކަ ދައްކާފައިވާއިރު، ޓޮޓެންހަމް ހޮސްޕާގެ ކޯޗްކަމުގެ މަގާމް އޮތީ ހުސްކޮށްކަން ފާހަގަ ކޮށްލެވެއެވެ.