ނޭޕާލްގައި މިހާރު ކުރިއަށްދާ ޕްރައިމް މިނިސްޓަރ، ތްރީ ނޭޝަންސް ކަޕުގައި ބޫޓާނުން ނޭޕާލްގެ މައްޗަށް ތާރިހީ މޮޅެއް ހޯދައި މުބާރާތުގެ ފައިނަލާ ފިޔަވަޅެއް ކައިރީގައި ވަނިކޮށް ނޭޕާލުން 1-1 އިން މެޗް އެއްވަރުކޮށް ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފުރަތަމަ ހާފުގައި ބޫޓާނަށް ލީޑް ނަގައިދިނީ ޓެންޒިންއެވެ. ވާދަވެރި މެޗެއްގައި މިހާތަނަށް ނޭޕާލް އަތުން މޮޅެއް ހޯދިފައި ނުވާ ބޫޓާނުގެ އުއްމީދުތައް ފެނަށްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ދީޕަކް ރާޖް ސިންގް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ލަނޑުންނެވެ. މިލަނޑަށްފަހު ނޭޕާލް ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ.

ނޭޕާލްގައި ކުރިއަށްދާ މިމުބާރާތުގައި ފުރަތަމަ މެޗުގައި ނޭޕާލުން ވަނީ ލާއޯސް ބަލިކޮށްފައެވެ. ފައިނަލުން ނޭޕާލް ޖާގަ ހޯދީ ދެމެޗުން 4 ޕޮއިންޓް ހޯދައިގެންނެވެ.

ފައިނަލުގައި ނޭޕާލާ ދެކޮޅަށް މާދަމާ ނިކުންނާނީ ލާއޯސްއެވެ. ލައޯސް ވަނީ ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވެފައެވެ.

މިމުބާރާތުގައި ދިވެހި ރެފްރީންގެ ޓީމެއް ހަރަކާތްތެރިވާކަން ފާހަގަ ކޮށްލެވެއެވެ.