ކުރުދިސްތާނުގެ ސުންނީ ކުޑަކުދީން މަރަމުން ނަޞޭޙަތް ދިނުން ރީއްޗެއް ނޫން

0

ނަސްރުﷲ މުސްތަފާ

2011 އިންފެށިގެން ސޫރިޔާގައި ތިބި ސުންނީ ޖިހާދީ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިން ތުރުކީވިލާތުން މުޅިންހެން ސިފަ ބަދަލުކޮށްފިއެވެ.  ރާގު ބަދަލުކޮށް އިރާނާއިގުޅި ރަޝިޔާއާއި ގުޅުން ބަދަހިކޮށް ސުންނީ ޖިހާދީ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. އަދި ތިމަންނަމެން އެކަނި ތިއްބަސް ސޫރިޔާގެ ސުންނީންނަށް އެހީތެރިކަން ފޯރުކޮށްދޭނަމޭ ބުނެފައިވާ ސަޢޫދި ޢަރަބިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕްގައްޔާއި އެމެރިކާގައި ތިބި ޣައިރު މުސްލިމުންނަށް ޚާޝޮޤްޖީގެ މަރުގެ ނަމުގައި އެތައް ދޮގުވާހަކަތަކެއް ފަތުރަމުން ދާކަމަށް ޢަރަބިއްޔާ ނޫހުގައި ހާމަކޮށްފައިވެއެވެ. ގާތްގަނޑަކަށް 52 ނޫސްވެރިން 2018 ގައި މަރާލެވިފައިވާ އިރު ތުރުކީވިލާތަށް ދުނިޔެ ރަންކުރާވަރުގެ މަރަކަށްވީ ސަޢޫދީންގެ ތެރެއިން ހައްދުފަހަނައަޅާ ގޮސްފައިވާ ބަޔަކު މަރާލި ޚާޝޮޤްޖީއެވެ.

Advertisements

އެމެރިކާގެ ސެނެޓްމެދުވެރިކޮށް އަދި ޔޫރަޕިއަން ޔޫނިއަން މެދުވެރިކޮށް ސަޢޫދީއަށް އަދަބު ދޭން އުޅޭ ތުރުކީ ރައީސް އުރުދުޣާން، ސޫރިޔާގައި ތިބި ސުންނީ ކުރުދީންގެ އަންހެނުންނާއި ކުޑަކުދީން މަރަމުން މީހުންނަށް ވަޢުޟުބުނުން ރީއްޗެއް ނޫންކަމަށް ނަތަންޔާހޫ ބުނެފިއެވެ. މިހެން ބުނެފައިވަނީ ސޯޝަލް މީޑިއާގެ އޭނަގެ ޕާސަނަލް ޓްވިޓަރގައެވެ.

Advertisements