ސަޢޫދި ޢަރަބިޔާގެ ތަޢުލީމީ ވުޒާރާގައި ރޮބޮޓްސް މަސައްކަތް ކުރަނީ

4

ނަސްރުﷲ މުސްޠަފާ

ވަޒީފާ ލިބުނު ރޮބޮޓް ޖެނެރަލް އޯގަނައިޒޭޝަން ފޮ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް ގައި  މިދިޔަ އާދީއްތަދުވަހު ފުރަތަމަ ޖަލްސާއަށް ޙާޒިރުވެއްޖެއެވެ. މިއީ މިގޮތަށް މަސައްކަތްފެށި ފުރަތަމަ ރޮބޮޓެވެ. މި ރޮބޮޓް ސަޢޫދީ ސަރުކާރުގައި ވަޒީފާއަދާކުރަނީ  ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް ބައިގައެވެ.

Advertisements

މިޖަލްސާއަށް ޙާޒިރުވި ބޭފުޅުންގެ ތެރޭގައި ތަޢުލީމީ ވަޒީރު ޑރ. އަޙްމަދު އަލް ޢީސާއާއި ޤާއުމުގެ ބޮޑެތި ބޭފުޅުން ހިމެނެއެވެ.

ކަސްޓަމަރ ސަރވިސްގައި މަސައްކަތްކުރުމަށް ސްޕެޝަލައިޒް ކޮށްފައިވާ މިރޮބޮޓް އިލެކްޓްރޯނިކް އިވެލުއޭޝަން ސިސްޓަމެއްގެ ޒަރީޢާއިން މިނިސްޓްރީއަށް ޒިޔާރަތްކުރާ އެންމެން މޮނިޓަރކޮށް ފޮނުވަންޖެހޭ މެސެޖްތައް ފޮނުވަމުން ގެންދާނެއެވެ. އަދި ވަރަށް އެފިޝެންޓް ކަމާއިއެކީ ޙަވާލުކުރެވޭ މަސައްކަތް ބަރާބަރަށް ދުވަހުން ދުވަހަށް ކުރާނެކަމަށް ޚަބަރުލިބެއެވެ.

މިއީ ސަޢޫދީގެ ވަލީ ޢަހްދުގެ 2030 ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި އެޅުނު ފިޔަވަޅެކެވެ. މިމޭރުމުން ޤައުމުގެ މުވާޞަލާތީ ޚިދުމަތް ރަނގަޅުކުރުމަށާއި އަދި އެކްސިޑެންޓްތައް މަދުކުރުމަށް ކުރިއަރާފައިވާ ޒަމާނީ ޓޭކްނޮލޮޖީވެސް ސަޢޫދީގައި ވަނީ ބޭނުންކުރަން ފަށާފައެވެ. ސްޕީޑް ލިމިޓުން މަތީގައި ދުއްވާ އެންމެން މޮނިޓަރކޮށް އެމީހުންގެ މޯބައިލަށް ވަގުތުން ޖޫރިމަނާ ސްލިޕް އަންނަ ސިސްޓަމެއްވެސް ވަނީ ސަޢޫދީގައި ޤާއިމް ކޮށްފައެވެ. މިހެން ހެދުމުގެ ސަބަބުން ވަރަށް ބޮޑަށް އެކްސިޑެންޓްތައް މަދުވެ ގެއްލުން ލިބޭ ނިސްބަތްވެސް ވަނީ ސަޢޫދީގައި ދަށްވެފައެވެ. އަދި ހަމައެގޮތަށް ދުއްވަމުން ދާއިރު މޯބައިލް ބޭނުންކުރޭތޯ ބެލުމުގެ ޤާބިލް ސިސްޓަމެއްވެސް ވަނީ ސަޢޫދީގެ ގިނަ މަގުތައްމަތީ ހަރުކުރެވިފައެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ބްރިޖް މަތީގައި މިފަދަ ސިސްޓަމްތަކެއް ޤާއިމް ކުރެވިއްޖެނަމަ އެތަނުގައި ހިނގާ އެކްސިޑެންޓްތައް ވަރަށް މަދުވެގެންދާނެއެވެ.

Advertisements

4 COMMENTS

Comments are closed.