ރައީސް ސާލިހަށް ތާއިދު ކުރަނީ އެއްވެސް ޝަރުތަކާ ނުލާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ރޭ ކުރެއްވި ޓުވިޓެއްގައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓްގައި، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށް އެންމެ ފައިދާ ކުރަނިވި ގޮތް ކަމަށެވެ.

އަދި ރައީސް ސާލިހާއި އެކީގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އެމަނިކުފާނު ވަނީ ރައީސް ސާލިހަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރަން ނިންމާފައިވާވެސް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވަމުން، އެމަނިކުފާނު ރައީސް ސާލިހަށް ތާއީދު ކުރާކަން ހާމަކޮށްފައިވާއިރު، ވަރަށް ފަހުން އެމަނިކުފާނު ވަނީ ޖޭޕީގެ ވަޓްސްއެޕް ގްރޫޕްތަކުންވެސް ނުކުމެވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ ތިބި ސަރާކާރުގެ ބައެއް ބޭފުޅުން ވަނީ ޕާޓީ ދޫކުރައްވައި، ރައީސަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.