ނޮޅިވަރަންފަރު 3 ވަނަ ކައުންސިލް ކަޕް ގެ ޗެންޕިއަންކަން ގްލެންޒަރ އިން ހޯދައިފި

1

ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމް ކޮއްގެން ބާއްވަމުން އަންނަ ކައުންސިލް ކަޕް މޭން ފުޓްސަލް ޓޯނަމެންޓްގެ ޗެންޕިއަންކަން ގްލެންޒަރ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ގްލެންޒަރ އިން ޗެންޕިއަންކަށް ހޯދީ މިރޭ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗް  ކްލަބް ވީސީ އާ ބައްދަލު ކޮށް 1-5 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.

Advertisement

ދެޓީމުގެ ފަރާތުންވެސް މޮޅުކުޅުމެއް ފެނިގެން ދިޔަ މި މެޗް ގެ ފުރަތަމަ ލަޑު ގްލެންޒަރ  ކާމިޔާބް ކޮއްދިނީ މި މެޗްގައި ހެޓްރިކް ހަދާ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ގްލެންޒަރ ގެ އާދަމް ސައީދެވެ.

ގްލެންޒަރ އައް އަނެއް ދެ ގޯލް ޖަހައިދިނީ ޤައުމީޓީމް ގެ މެދުތެރެއަށް ކުޅެމުންއަންނަ، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އަލީ ޝާމިސް އެވެ. ވީސީ ހަމަ އެކަނި ލަނޑު ކާމިޔާބުކޮއްދިނީ  މުޙައްމަދު ހަމީދެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނައް ހޮވިފައިވަނީ

1. އިބްރާހިމް ވަހީދު ހަސަން (އިއްބެ) – ގްލެންޒަރ

2. އާދަމް ސައީދު – ގްލެންޒަރ

3. މުޙައްމަދު ރިޔާޒް – ވީސީ

4. އަހްމަދު ޝިޒާން –  ވީސީ

5. އާދަމް ނަޝްވާން – އެން އެން ޖޭ

މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގްލެންޒަރ ގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އެވެ، އިއްބެ މި މުބާރާތުގައި 12 ގޯލުޖަހާފައިވެއެވެ.

Advertisements

1 COMMENT

Comments are closed.