މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އަދި މިހާރު ކުރިއަށްދަނީ ޖެޓީގެ ބީމް ޝަޓަރިންގ މަސައްކަތް ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 24،335 ކިއުބިކް މީޓަރު ކޮނުން
  • 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • ، 56 މީޓަރުގައި ގްރޮއިންސް ޖެހުން
  • 100 މީޓަރުގެ ރިވެޓްމެންޓް ޖެހުން
  • އަދި 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 61.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.