ސަޢޫދި ޢަރަބިޔާއަށް ޝުކުރިއްޔާ! އެމެރިކާގެ ރައީސް

0

ނަސްރުﷲ މުސްޠަފާ

ހައްދުފަހަނަ އަޅާފައިވާ ބަޣްދާދީ ފެއްޓި އައިސިސް ޙަރަކާތުގައި އެންމެ ބޮޑަށް ގެއްލުންވި ބަޔަކީ މުސްލިމުންނެވެ. އެއީ މުސްލިމުން އެތައް ބަޔަކު އޭގެ ޝިކާރައަކަށް ވެ ދުނިޔެ ދޫކޮށްދިޔައެވެ. އޭގެ ތެރޭގައި މުސްކުޅިންނާއި ކުޑަކުދީންނާއި އަންހެނުންނާއި އަޅުވެރީން ހިމެނެއެވެ. އަދި އޭގެ ސަބަބުން އިޢާދަ ނުކުރެވޭފަދަ މިޢުމާރީ ގެއްލުންވެސް ވިއެވެ. އަވަށްއަވަށް އެއްކޮށް ބަރުބާދުވެ އެ އަވަށުގެ އަހުލުވެރީންވެސް ބައެއްފަހަރަށް މިދުނިޔެއާއި އަލްވަދާޢު ކިޔާފައިވެއެވެ. އަނެއްބައި އަވަށްތަކުގެ ހުރިހައި ޢިމާރާތްތައް ބިމާހަމަވެ، އެރަށުގެ އަހްލުވެރީން ރަށް ދޫކޮށްގޮސްފައިވެއެވެ. މި ޙަރަކާތުގެ ބިއްދޮށުގައިވަނީ ޣައިރު މުސްލިމުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

Advertisements

އެބައިމީހުންގެ މުސްލިމުންގެ ޤުދުރަތީ މުއްސަނދިކަން އަތުލާ އެބައިމީހުންގެ ހަތިޔާރުތައް ވިއްކުމުގެ މަޤްޞަދުގައވެ .އަނެއްކޮޅުން މުސްލިމުންނެވެ. އެމީހުންގެ މޮޔަކަމުން ޣައިރު މުސްލިމުންގެ ދަންތުރައިގައި ޖެހި ހަލާކުވެއެވެ. ބާރުގަދަ މުސްލިމް ދައުލަތެއް އުފައްދައި މުސްލިމުންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި ޚަރާބާއި ދަމާރު ޙާޞިލްކުރުމަށް އުޅެމުންދެއެވެ. މުސްލިމުންގެ އަތުން އަނެއް މުސްލިމާ މަރަމުންދެއެވެ.

މިފިތުނަވެރިކަމުގެ ތެރޭގައި ހަލާކުވެފައިވާ އެއް ޤައުމަކީ ޝާމްކަރައިގައި ހިމެނޭ ރަށެއްކަމުގައިވާ ސޫރިޔާއެވެ. ކަޅުދިދައިގެ އަވައިގައި އެތައްބަޔަކުވަނީ އެތާގައި އޮތީ ޖިހާދެއްކަމަށް ހިތާ އެތަނަށް ގޮސްފައެވެ. އަދި ކަޅުދިދަތައް އުފުލއިގެން އުޅޭ އެތައް ބައިވަރު ޖަމާޢަތްތަކެއްގެ ތެރެއިން އެންމެ ފައިދާވާ ޖަމާޢަތާއި ގުޅި ބައެއް ފަހަރަށް ހަލާކުވެގެން ގޮސްފައެވެ. އަނެއްބައިފަހަރު ފިތުނައިގެ މައިދާނުގައި މަރުއައިސް ނުޖެހޭތީ ބަނދެވިފައެވެ.

ސޫރިޔާގައިވެސް އެތައް މިލިއަން ބައެއް ވަނީ ގެދޮރު ދޫކޮށް އެކިޤައުމުތަކަށް ހިޖުރަ ކޮށްފައިއެވެ. އަނެއްބަޔަކު ވަނީ ހިޖުރަކުރުމުގެ ތެރޭގައި މާސިންގާ ކަނޑުތަކުގައި ޣަރަޤުވެފައެވެ. އަނެއް ބައިމީހުންވަނީ ބޮންތަކުގެ ޝިކާރައަކަށްވެ މަރުވެ ގޮސްފައެވެ. މީގެތެރޭގައި ދިރިތިބީންގެ ގެދޮރު ހަދައިދީ އެމީހުންނަށް އަމިއްލަ ފަސްގަނޑަށް އާދެވޭނީ އެމީހުންގެ ބިމާއި ހަމަވެފައިވާ ގެތަކުގައި ދިރިއުޅެވޭނެ ގޮތެއް ހަދައިދީގެންނެވެ. މިކަމަށް އާނ ބަސް ބުނި ހަމައެކަކުވެސް ނެތެވެ. ސަޢޫދީން ފިޔަވައެވެ. އެބައިމީހުން ބުނީ ހޭވައްލާ ތައްޔާރެވެ. އެއީ މުސްލިމުންނެވެ. މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ މިސާލުގައިވާ ބައެކެވެ. އެހެންވެ މުޅި ސޫރިޔާ ބިނާކުރުމުގެ ޤާބިލްކަން ތިމަންމެނަށްވަނީ ﷲ ދެއްވާފައެވެ. އޭގެއިން ސޫރިޔާ ބިނާކުރާނީ ތިމަންމެނެވެ. ސަޢޫދީންނެވެ، ސަޢޫދި ޢަރަބިޔާއެވެ.

މިހެންވެ އެމެރިކާގެ ރައީސްވަނީ އޭނާގެ ޓުވިޓާ މެދުވެރިކޮށް ސަޢޫދި ޢަރަބިޔާއަށް ޝުކުރުދަންނަވާފައެވެ. އަދި ސޫރިޔާ އެމެރިކާއިން އާރާސްތު ނުކުރިއަސް ސަޢޫދީން އެކަންކުރާނެކަން ހާމަކުރައްވާފައެވެ.  ﷲ އާލް ސުޢޫދަށް ހިދާޔަތު ދައްކަވައި ދެދުނިޔޭގެ ސަޢާދަތާއި ބާއްޖަވެރިކަން މިންވަރުކުރައްވާށި! އާމީން .

Advertisements